ads
ހިޔާ ފްލެޓްތައް--
ކޮވިޑާ ގުޅިގެން ފުލެޓުތަކުގެ ގުރު ނެގުން މެދުކަނޑާލައިފި
ކޮވިޑް 19 އާ ގުޅިގެން އެޗްޕީއޭ އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ގުރުއަތު ނެގުން މެދުކަނޑާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސަރުކާރުން ގާއިމުކުރި ފުލެޓުތަކުން މީހުންނަށް ލިބޭ އެޕާޓްމަންޓްތައް ކަށަވަރު ކުރުމަށް އެޗްޑީސީ އިން ވަނީ މިދިޔަ މަހު ގުރުއަތުލުން ފަށައިފަ އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ މައުލޫމާތު ޕްލޭނިން މިނިސްޓްރީން މިހާރު އެ ކޯޕަރޭޝަނަށް ފޮނުވާފައިވާ ކަަމަށެވެ.

ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހިޔާ މަޝްރޫއުގެ ގުރުނެގުން ފަސްކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގުރު ނެގުމުގެ ކަންކަން ދެން ކުރިއަށް ގެންދާނީ މިހާރު އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.

އެޗްޑީސީ އިން ބުނީ ގުރުއަތުނަގާ ދުވަސް ހަމަޖެހުމުން ގުރުނަގާ ތާރީހަކާއި ގުރުނެގޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ ކަމަށެވެ.

އެޗްޑީސީން ގުރުއަތު ނަގަމުން އައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ކުރިއަށްގެންދަނީ ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 12:00 އަށް އަދި ދެވަނަ ދަންފަޅި އޮންނަނީ މެންދުރުފަހު 13:00 އަކުން ފެށިގެން ހަވީރު 15:00 އަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކުރަން ފެށި، ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅަން ނިންމި އެވެ. އެކަމަކު 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކީ މިހާރު 6،720 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް