ads
ރައީސް ސޯލިހު--
ރައީސް ދެއްކެވި ވާހަކަފުޅަށް އާންމުންގެ ކަންބޮޑުވުން
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާއެކު ގިނަ ބައެއްގެ ކަން ބޮޑުވުން ފާޅުކުރަން ފަށައިފި އެެވެ.
"މިއީ މިހާތަނަށް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ". - ރައީސް ސޯލިހް

މިއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިމަހުގެ ހަ ވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޭ ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދަށް ދެވުނު ހަމަލާ ކުށްވެރިކޮށް ރައީސް ސޯލިހު ވިދާޅުވި ބަސްކޮޅެކެވެ.

ތެދުފުޅެއް މެއެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެކެވެ. 

ނަމަވެސް ގިނަ ބައެއް ހިތްހަމަނުޖެހުންފާޅުކުރީ ނަޝީދަށް ދިން ހަމަލާއަކީ "ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ" ކަމަށް ރައީސް ސޯލިހު ވިދާޅުވުމުންނެވެ. އެއާއެކު އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރަން ފެށިއެވެ. ގިނަ ދިވެހިންނެއްގެ ހަނދާނަށް އައީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. އެއީ ދިވެހިން މިހާރު ނަސްރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. 

ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާކަމަށް ރައީސް ސޯލިހު ވިދާޅުވުމާއެކު މީހަކު ކުރި ޓުވީޓެއްގައި ވަނީ 3 ނޮވެމްބަރުގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއަކީ އެއްވެސް ކަމެއް ނޫންތޯ ސުވާލު އުފައްދަވާފައެވެ. 

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއަކީ 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދެވުނު ޓެރަރިސްޓު ކަމަށް ގިނަ ބަޔަކު ބުނެއެވެ. 1988 ގައި ދިވެހިންގެ ބަޔަކު ތަމަޅަ ޓައިގަރުންގެ ބަޔަކާ ބައިވެރިވެގެން ރާއްޖޭގެ އޭރުގެ ސަރުކާރު ބަދަލުކޮށްލުމަށް ކުރިއަށް ގެންދިޔަ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުވެ ގޮސްފައެވެެ.

ރައީސް ނަޝީދަށް މި ފަހުން ދެވުނު ހަމަލާއަކީވެސް ބިރުވެރި ހަމަލާއެކެވެ. ރައީސް ނަޝީދަކީ ރައީސް ސޯލިހުގެ އެންމެ ގާތް އެކުވެރިޔާއެވެ. 

އެޑިޓަރު ނޯޓު: މި އާޓިކަލްއަށް ވަނީ ބަދަލުތަކެއް ގެނެވިފައި

20%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް