ads
ކަންގްނާ ރަނައުތް
އިންސްޓާގްރާމް އިން ކަންގަނާގެ ޕޯސްޓެއް ރިމޫވްކޮށްލައިފި!
ޓުވިޓާއިން ކަންގަނާ ބޭން ކުރުމާއި ގުޅިގެން ކަންގަނާ އަންނަނީ އޭނާގެ އެކި ހިޔާލުތައް އިންސްޓާގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.

ނަމަވެސް އިންސްޓާގުރާމް އިން ވެސް ކަންގަނާގެ ޕޯސްޓުތައް އެހާ ލައިޓުކޮއް ނަގާފައެއް ނުވެއެވެ. އެގޮތުން އިންސްޓާގުރާމް އިން ރިމޫވް ކޮށްލާފައިވަނީ ކަންގަނާ ކޮވިޑް-19 އާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާ ޕޯސްޓެކެވެ. މި ޕޯސްޓްގައި ކަންގަނާ ސިފަކޮށްފައިވަނީ ކޮވިޑް-19 އަކީ ވަރަށް އާދައިގެ ކުޑަ ރޯގާއެއް ކަމަށެވެ. 

ކަންގަނާގެ މި ޕޯސްޓް އިންސްޓާގްރާމް އިން ރިމޫވް ކޮށްފައިވާކަމަށް ބުނެ ކަންގަނާ ވަނީ އޭނާގެ އިންސްޓާގުރާމް ސްޓޯރީގައި ޕޯސްޓެއް ކޮށްފައެވެ އެ ޕޯސްޓުގައި ކަންގަނާ ބުނެފައިވަނީ އިންސްޓާގުރާމް އިން އޭނާގެ ޕޯސްޓް ރިމޫވްކޮށްލައިފި ކަމަށާއި، އެ ޕޯސްޓަކީ އޭނާ ކޮވިޑް-19 އާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ޕޯސްޓެއް ކަމަށެވެ. މީގެއިތުރުން ކަންގްނާ ބުނެފައިވަނީ ދެދުވަހު އިންސްޓާގްރާމުގައި އުޅެވިއްޖެ ކަމަށެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހު އުޅެވިދާ ނެހެން ހީނުވާކަމަށެވެ. 

މިކަމާ ގުޅިގެން އިންސްޓާގްރާމް އިން އޮފިޝަލީ އެއްޗެއް ބުނެފައި ނުވާއިރު، މި ޕޯސްޓް ރިމޫވްކޮށްލާފައި ވަނީ ކޮވިޑް-19އަކީ އާދައިގެ ކުޑަ ރޯގާއެއް ކަމަށް ބުނުމަކީ ދޮގު މައުލޫމާތެއް ކަމަށް ވުމުންކަމަށް ބެލެވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް