ads
ޝިފާ، ނިމްޝާ އަދި ނަތާޝާ
ފާޑުކިޔުންތައް އަމާޒުވޭ، ބައެއް ބަސްތަކުން ނިދަންވެސް އުނދަގޫވޭ!
ޓިކްޓޮކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދައި، އަދި މިހާރު ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައިވެސް ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް ޝިފާ ބައިސްކޯފުން ގެނެސްދޭ "ތުންތުންމަތިން" ޕްރޮގްރާމުގައި ބައިވެރިވެ ވަނީ ގިނަ ވާހަކަތަކެއް ބެލުންތެރިންނާއި ހިއްސާކޮއްފައެވެ.

"ރާއްޖޭގައ މަޝްހޫރު މީހުންގެ ގޮތުގައި ބަލައިގަންނަނީ ހަމަ އެކަނި ިފިލްމީ ދާއިރާއިން މަގްބޫލުކަން ހޯދާފައިވާ ފަރާތްތަކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ދާއިރާގައި ގިނަ ދުވަސްވީ މީހުންނަކީ މަޝްހޫރު ތަރިން ކަމުގައި ނުބަލާ މީހުންވެސް އުޅެއެވެ. އަދި މިނޫނަސް އިތުރު ގޮތްތަކުން މީހުންގެ ލޯބި ހޯދާފައިވާ މީހުންނަކީވެސް އެއީ މަޝްހޫރު މީހުންގެ ގޮތުގައި ނުދެކޭ މީހުން އެބަތިއްބެވެ." މި މައުޟޫގެ މައްޗައް ބިނާކޮށް ބައިސްކޯފުން ގެނެސްދީފައިވާ މި ޕްރޮގްރާމުގައި ޝިފާގެ އިތުރުން ނަތާޝާ އަދި ނިމްޝާވެސް ވަނީ ބައިވެރިވެފައެވެ. ޝިފާގެ އިތުރުން ނިމްޝާ އަދި ނަތާއަކީވެސް ޓިކްޓޮކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދެ ފަންނާނުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝިފާ ބުނެފައިވަނީ ބެލިންތެރިންގެ ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވާކަމަށާއި، ބަލަން އުނދަގޫވާފަދަ ކޮމެންޓުތައްވެސް ލިބެމުން އަންނަކަމަށެވެ. އަދި މީހުންގެ އެފަދަ ކޮމެންޓްތަކުގެ ސަބަބުން ބައެއްފަހަރު ނިދަންވެސް އުނދަގޫވާކަމަށެވެ. ޝިފާ މިހެން ބުނުމާއެކު ނަތާޝާވެސް ވަނީ އެއީ އޭނާއަށްވެސް ދިމާވާކަމެއްކަމަށް ބުނެފައެވެ. މީގެއިތުރުން ޕްރޮގްރާމްގެ ތެރެއިން ވަނީ މި ތަރިންގެ ޕޯސްޓްތަކަށް އެކިފަރާތްތަކުން ކޮއްފައިވާ ކޮމެންޓްތައްވެސް ކިޔާލާފައެވެ. އެގޮތުން ނިމްޝާގެ ޕޯސްޓަކަށް މީހަކު ކޮއްފައިވާ ކޮމެންޓެއްގައި ނިމްޝާގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކޮއްފައިވާ ގޮތާމެދު ވަނީ ސުވާލު އުފައްދާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ނިމްޝާވަނީ އެސުވާލައް ޖަވާބު ދީފައެވެ. މި ސުވާލަށް ޖަވާބުދެމުން ނިމްޝާ ބުނެފައިވަނީ އޭނާގެ މަންމަ އޭނާ ތަރުބިއްޔަތު ކޮއްފައިވަނީ މަޔަކު ދަރިއެއް ބަލައި ބޮޑުކުރަންޖެހޭ އެންމެ ފުރިހަމަޔަށެވެ. އެގޮތުން ޒަމާނަށް ހޭލުންތެރި ކޮއްދިނުމާއި، އެކަނި އުޅެން ދަސްކޮއްދިނުމުގެ އިތުރުން މަންމަގެ އަބަދުގެވެސް ނަސޭހަތަކީ ވަރަށް ކެރޭ ކުޅަދާނަ މީހަަކަސްވުން ކަމަށް ނިމަޝާ ވަނީ ބުނެފައެވެ. 

14%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
51%
ވަރަށް ސަލާމް
ކޮމެންޓްސް