ads
ފޮޓޯ:-- އޭޕީ
އަގްސާ މިސްކިތުގަ މުސްލިމުން މަރަނީ، އިސްލާމީ ގައުމުތަކުން ހަނު
ރަމްޟާން މަހުގެ ފަހު ދިހަ ގުނަމުން އަންނަނިކޮށް އިސްރާއިލްގެ ހަރުކަަށި ސިފައިން ފަލަސްތީނުގަ ހުންނަ އަލް އަގްސާ މިސްކިތަށް ހަތިޔާރާއެކު ވަދެ އެތަނަށް ކަރުނަ ގޭސް ޖަހާ ގިނަ އަދަދެއްގެ މުސްލިމުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން 24 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރުގައި އޭގެތެރޭގައި ކުޑަކުދިންނާއި ޒުވާނުންވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އިސްރާއީލުގެ މި އަމަލު ކުއްވެރި ކުރަމުން ގެންދާއިރުގައި އިސްލާމީ ގައުމުތަކުގެ ވެރިން ތިބީ ހައްޕު ކިޔައިގެން ނެވެ.

ފަލަސްދީނުގައި ހުންނަ މުސްލިމުންގެ ފުރަތަމަ ގިބުލަ ކަމުގައިވާ މަސްޖިދުލް އަގްސާގައި މުސްލިމު އަހުންނާއި އުހުތުން ރަހުމު ކުޑަކޮށް މަރަމުން ގެންދާ އިރުގައި މުސްލިމު ގައުމުތަކުގެ ވެރިން މި އަމަލާމެދުގައި އެއްވެސް އެއްޗެއް ނުބުނެ ހަނު ހުރުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.

މަސަޖިދުލް އަގްސާގައި މުސްލިމުން އަހުންނާއި އުހުން ރަހުމު ކުޑަކޮށް މަރަމުން ގެންދާ މަންޒަރު ލޯކުރިމަތީގައި އަންނަނީ ފެންނަމުން ނެވެ. އިސްރާއީލްގެ  ހަރުކަށި ރަހުމް ކުޑަ ސިފައިން ފަލަސްތީނުގެ ރަށްޔިތުންގެ ކަރަށް ފައިން އަރާ މަންޒަރުތައް ވެސް ފެނެވެ. އެއީ ހިތަށް ކުޅަދާނަވަރުވާ މަންޒަރުތސކެއއ ނޫނެވެ.

މި ރަހުމް ކުޑަ އަމަލުތަކާ ދެކޮޅަށް މިއަދު އިސްލާމީ ގައުމުތަކުން ނިކުންނަން ޖެހެ އެވެ. މި އުންމަތުގެ ހުރިހާ މުސްލިމުންނަކީ އަހުންނާއި އުހުތުން ކަމުގައި ވާއިރު އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެންމެ އަތުގުޅާލައޮގެން ނިކުންނަން އެބް ޖެހެ އެވެ.

އިސްރާއީލް އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނަ އަށް އެންމެ މާތް މުގައްދިސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ވަދެ އެތާ ތިބި މީހުންނަށް އެކި ވަރުގެ ގެއްލުން ދެމުން އަންނައިރު އިސްރާއިލުން އަންނަނީ ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ޝޭހް ޖައްރާހްގައި ދިރިއުޅޭ ފަލަސްތީނު މީހުން އެމީހުންގެ ގެތަކުން ނެރެ ގަދަބާރުން ގެތަކަށް ވެރިވެ ގަންނަމުންނެވެ.

އދ.ގެ ސެކްރެޓަރީ ޖެނަރަލް އެންޓޮނިއޮ ގުއަޓަރޭސް ވަނީ ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުން ހުއްޓާލުމަށް ގޮވާލައިފައެވެ.

އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެފައި މިވަނީ 1967 ވަނަ އަހަރު އިސްރާއިލާއި އަރަބި ގައުމުތަކާއި ކުރި ހަ ދުވަހުގެ ހަނގުރާމައަށް ފަހު ޔަހޫދީން އިރުމަތީ ގުދުސްއަށް ވެރިވެގަތްތާ 54 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް ތައްޔާރު ވަމުންދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް