ads
އަބަހާނީގެ ބައެއް ކުޅުންތެރިން
މެޗުތައް ފަސްވުމުން އަބަހާނީ އަލުން ފުރުސަތަށް އެދެފި
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ބެންގަލޫރު އެފްސީއާ ކުލަބު އީގަލްސް ކުޅެން އޮތް މެޗު މުއްދަތެއް ނެތް ގޮތަށް ފަސްވުމުން، މުބާރާތުން ވަކިވެފައިވާ ބަންގަލަދޭޝްގެ ޑާކާ އަބަހާނީން އަލުން ފުރުސަތު ހޯދުމަށް އެދެފިއެވެ. އަބަހާނީން، އޭއެފްސީގައި އެ ޓީމަށް ފުރުސަތު ދިނުމަށް އެދުނީ ބަންގްލަދޭޝް ފެޑެރޭޝަން މެދުވެރިކޮށެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ކުލަބު އީގަލްސް ފުރަތަމަ ކުޅެން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެހެންނަމަވެސް ކޮވިޑާ ހެދި ދެ ފަހަރެއްގެ މަތިން މެޗު ފަސް ކުރުމަށް ފަހުވެސް އަބަހާނީއަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އަބަހާނީ  މުބާރާތުން ވަކިވީއެވެ. އަބަހާނީއަށް މެޗު ނުކުޅެވުނީ، ބަންގްލަދޭޝްއަށް އެހެން ޓީމަކަށް ދަތުރު ކުރެވެން ނެތް އިރު، އަދި އަބަހާނީއަށް ގައުމުން ބޭރަށްވެސް ދެވެން ނެތުމުންނެވެ. މި ސަބަބުތަކާ ހުރެ އަބަހާނީ މުބާރާތުން ވަކިވުމުން، އީގަލްސް އެ މެޗު ނުކުޅެ، ޕްރޮމޯޓްވީ ބެންގަލޫރާ ދެކޮޅަށް ކުޅެން ޖެހޭ ޕްލޭ އޮފްގެ ފަހު މެޗަށެވެ. އަބަހާނީއާ އީގަލްސް މެޗު އޮތް ނަމަ، ބެންގަލޫރާ ދެކޮޅަށް ކުޅޭނީ އެ މެޗުން މޮޅުވާ ބައެކެވެ.

ބަންގްލަދޭޝްއިން މައުލޫމާތު ލިބިފައިވާ ގޮތުގައި އަބަހާނީންވަނީ ޕްލޭ އޮފްގެ ފަހު މެޗު ފަސްކުރަން އޭއެފްސީން ނިންމުމުން އޭއެފްސީއަށް ބަންގަލްދޭޝް ފެޑެރޭޝަން މެދުވެރިކޮށް ސިޓީއެއް ފޮނުވާފައެވެ. އެހެންނަމަވެސް މި ކަމުގައި އޭއެފްސީން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އަންގާރަ ދުވަހު މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް