ads
ނިމްޝާ ޒާހިރު
ނިމްޝާ އެމީހެއް ދެކެ ވަރަށް ރުޅި އަންނަ މީހެއް ހުރޭ!
ނިމްޝާ ވަނީ ޓިކްޓޮކްގެ ތަރިން ތެރޭގައި ނިމްޝާ އާއި ވާދަވެރި ފަރާތެއް ނުހުންނާނެ ކަމަށް ބުނެފައެވެ.

ޓިކްޓޮކްގެ ދުނިޔެއިން ބޮޑު މަޝްހޫރު ކަމެއް ހޯދަމުން އަންނަ ނިމްޝާ ޒާހިރު ވަނީ ބައިސްކޯފުން ގެނެސްދޭ "ތުންތުންމަތިން" ޕްރޮގްރާމުގައި ބައިވެރިވެ ގިނަ ވާހަކަތަކެއް ބެލުންތެރިންނާއި ހިއްސާ ކޮށްފައެވެ. އެގޮތުން ނިމްޝާގެ ވަނީ އޭނާ އާއި ބެހޭގޮތުން ބެލުންތެރިންނަށް ނޭނގޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. 

ޓިކްޓޮކްގެ އިތުރުން ނިމްޝާއަށް ވަނީ މޮޑެލިންގެ ދާއިރާއިން ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ. 

ޓިކްޓޮކް ސްޓާރުންގެ ތެރެއިން ނިމްޝާ އާއި ވާދަވެރި ފަރާތެއް ހުންނާނެތޯ "ތުންތުންމަތިން" ޕްރޮގްރާމުގައި ނިމްޝާ އާއި ވަނީ ސުވާލު ކުރެވިފައެވެ. އެ ސުވާލުގެ ޖަވާބު ދެމުން ނިމްޝާ ބުނީ އޭނާ އާއި ވާދަވެރި ފަރާތެއް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަރަށް ރުޅިއަންނަ ފަރާތެއް ހުންނަކަމަށް ނިމްޝާ ވަނީ ބުނެފައެވެ. ރުޅިއަންނަ މައިގަނޑު ސަބަބެއްގެ ގޮތުގައި ނިމްޝާ ބުނީ އެއީ ނިމްޝާ އަށް ވާން މަސައްކަތް ކުރާ ފަރާތަކަށް ވާތީ ކަމަށެވެ. އިތުރު ސަބަބެއް އަދި އެއީ ކާކު ކަމެއްވެސް އޭނާ ހިއްސާ ކޮށްފައެއް ނުވެއެވެ. 

މީގެ އިތުރުން ނިމްޝާ ވަނީ އޭނާ ވަޒީފާއިން ވަކިވި ގޮތުގެ މައުލޫމާތުވެސް ހިއްސާ ކޮށްފައެވެ. މީގެ ކުރިން މީސް މީޑިއާގައި ވަނީ ނިމްޝާ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ގިނަ ވާހަކަތަކެއް ދައުރު ވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ނިމްޝާ ބުނީ އޭނާ ވަޒީފާއިން ވަކިވީ އަމިއްލައަށް ބޭނުން ވެގެން ކަމަށެވެ. މީގެ އިތުރުން ނިމްޝާ ބުނީ ވަޒީފާއިން ވަކިވީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުމުން ކަމަށެވެ. އިތުރަށް ނިމްޝާ ބުނީ ކުންފުނިން އޭނާގެ މަސައްކަތްތައް ބަލައިނުގަންނަ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމަށް އިންޒާރު ދިންކަމަށެވެ. އެހާ ހިސާބުން ނިމްޝާ ވަޒީފާއިން ވަކިވާން ނިންމީ ކަމަށްވެސް ނިމްޝާ ވަނީ ބުނެފައެވެ.

5%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް