ads
ދިއާ މިރްޒާ
ބޮލީވުޑްގައި ޖިންސީ ތަފާތުކުރުންތައް އެބަހުރިކަމަށް ދިއާ މިރްޒާ ބުނެފި
ބޮލީވުޑްގައި ޖިންސްގެ ތަފާތުކުރުންތައް އެބަހުރިކަމަށް ދިއާ މިރްޒާ ބުނެފި އެވެ.

"ރެހެނާހޭ ތެރޭ ދިލްމެއި" އިން ބޮޑު މަގްބޫލު ކަމެއް ލިބިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ތަރި ދިއާ މިރްޒާ ވަނީ ފިލްމް އިންޑަސްޓްރީގައި ޖިންސީ ތަފާތުކުރުން ތަކެއް އެބަހުރިކަން ފާހަގަކޮށް ބުރޫޓް އިންޑިއާގައި ވާހަކަ ދައްކާފައެވެ. 

އެގޮތުން ދިއާ ބުނެފައިވަނީ ލިޔުންތެރިންގެ ލިޔުމުގައާއި، ވިސްނު މުގައިވެސް ވަރައް ބޮޑަށް ޖިންސީ ތަފާތުކުރުންތައް އެބަހުރިކަމަށާއި، އެކަހަަލަ ވާހަކަތަކުގައި އޭނާއަށް ވެސް ބައިވެރިވެވިފަ އެބައޮތްކަމަށެވެ. "ރެހެނާހޭ ތެރޭ ދިލްމެއި" ގައި އޭނާ މަސައްކަތްކޮއްފައިވަނީ އެކަހަަ މާހައުލެއްގައި ކަންވެސް އޭނާ ވަނީ ފާހަގަ ކޮއްފައެވެ. މިސާލެއްގެ ގޮތުން ދިޔާ ބުނެފައިވަނީ މޭކަޕް އާޓިސްޓަކަށް ވެވެނީ ހަމައެކަނި ފިރިހެނަކަށް ކަމަށާއި، ހެއާ ޑްރެސާއެއްގެ ގޮތުގައި މަސައްކަތް ކުރެވެނީ ހަމައެކަނި އަންހެނުންނަށް އެކަނިކަމަށެވެ. 

އޭގެ އިތުރުން ދިއާ ބުނީ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށިއިރު 120 ނުވަތަ 180 މީހުން ހިމެނޭ ކުރޫއިންގެ ޓީމްތަކުގައި ހިމެނެނީ އެންމެ ހަތަރެއް ނުވަތަ ފަސް އަންހެނުންކަމަށެވެ. 

މީގެ އިތުރުން ދިއާ ބުނީ ފިލްމު އިންޑަސްޓްރީ ލީޑް ކުރަނީ ފިރިހެނުންކަމަށާއި، އަންހެނުންނަށް މާބޮޑު ފުރުސަތުތަކެއްވެސް ނޯންނަކަމަށެވެ. ފިލްމު އިންޑަސްޓްރީގައި ޖިންސީ ތަފާތުކުރުމުގެ ވިސްނުން އެމީހުންގެ ކިބައިގައި އެބަހުރިކަން ނޭނގޭ ގިނަ އެކްޓަރުން، ޑައިރެކްޓަރުން އަދި ރައިޓަރުންވެސް އިންޑަސްޓްރީގައި ގިނަކަން ދިއާ ވަނީ ފާހަގަކޮއްފައެވެ. 

ދިއާ މިރްޒާ ބެލުންތެރިންގެ މެދުގައި ބޮޑަށް ފާހަގަވެގެން ގޮސްފައި ވަނީ އޭނާގެ ހިޔާލު ފާޅުކުރުމުގައި ފަސްނުޖެހޭ ތަރިއެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް