ads
އަވަހަށް ހިކެން ބޭނުން ނަމަ ކަސްރަތު ކުރަންވީ ނާސްތާ ނެގުމުގެ ކުރިން
ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ތިމާގެ ދިރިއުޅުން އުޖާލާކޮށްދޭ ކަމެކެވެ. ގިނައިން ހެލިފެލިވެ އުޅެ، ގަވާއިދުން ކަސްރަތު ކުރުމަކީ، އިންސާނާ ތަފާތު ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބިންގަލެއްވެސް މެއެވެ. ހަރަކާތްތެރި ދިރިއުޅުމަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް ގެނުވައިދީ، ހާސްކަމާއި އުދާސްތަކާއި ބޭކާރު ފިކުރުތަކުން ވެސް މީހާ ދުރުކޮށް ދެއެވެ.

ކަސްރަތުކުރަންވީ އެންމެ ރަނގަޅު ވަގުތަކާމެދު ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދޭނެ ކަން ޔަގީނެވެ. ކަސްރަތު ކުރުން އެންމެ ރަނގަޅީ ފަތިހުގައި ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ އެންމެ ރަނގަޅު ވަގުތަކީ ހަވީރުކަމުގައެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ހެނދުނު ނާސްތާ ނެގުމުގެ ކުރިން ކަސްރަތު ކުރާނަމަ ހަށިގަނޑުން ދެ ގުނަ ސަރުބީ ވިރޭނެ އެވެ. އެހެންކަމުން ސައިންސްވެރިންގެ ލަފާ އަކީ އަވަހަށް ހިކެން ބޭނުންނަމަ ހެނދުނުގެ ނާސްތާގެ ކުރިން ކަސްރަތު ކުރުމެވެ.

ހެނދުނުގެ އެ ވަގުތުގައި ކަސްރަތުކޮށް އުޅޭނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު ރަނގަޅު މިނެއްގައި ހުރުމަށް އެހީވެދީ ހަކުރު ބަލި ޖެހުމާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.

އަދި ހެނދުނު ނާސްތާގެ ކުރިން ކަސްރަތު ކުރާނަމަ ލެއިން ގްލުކޯޒް "އެބްޒޯބް" ކޮށްދޭ ހޯމޯން ކަމަށްވާ "އިންސިއުލިން" ގެ ހަރަކާތްތައް ރަނގަޅުވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިކެން އެހީވެދޭނެއެވެ.

ހަމަ އެހެންމެ އެގަޑީގައި ކަސްރަތު ކުރުމަކީ ލެއިން މަސްތަކަށް ގްލުކޯޒް ފޯރުކޮށްދޭ ޕްރޮޓީން ގެ މިންވަރު ވެސް އިތުރުވުމަށް މަގުފަހިކުރުވާ ކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް