ads
ރައްޔިތުންގެ މަޖިލިސް--
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު މިއަދު މަޖިލީހުން އާންމު ކުރަނީ
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު އާންމުކުރަން ރައްޔިތުންގެ މަޖިލީހުގެ އެ މައްސަލަ ބަލާ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީއާއި ގުޅިގެން އެކުލަވާލައިފައިވާ ޖޮއިންޓް ކޮމިޓީން ނިންމާފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން މަގާމުތައް އަދާކުރި ފަރާތްތަކުގެ ލިސްޓެއް ފޮނުވަން މަޖިލީހުން އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

މަޖިލީހުގެ ނައީބު ރައީސް އީވާ އަބްދުﷲ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ތިން ހަތަރު އަހަރު ފަހުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާންމުކުރުމުން ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ނުދެކޭ ކަމަށެވެ.

މައްސަލަ ބަލާ ކޮމިޓީގައި ހިމެނޭ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ލިސްޓު އާންމު ކުރުމުން މިހާރު މިއޮތް ގާނޫނީ އޮނިގަނޑަަށް ގެނައި ބަދަލުތަކާއެކު ނޭދެވޭ އަސަރެއް ތަހުގީގަށް ކުރާނެ ކަމަށް ނުދެކޭ ކަމަށް އެސެޓް ރިކަވަރީ ކަމިޝަނުން ބުނެފައިވާ ކަމަށެވެ. 

އަދި ނަންތައް ހާމަކުރުމާއި ގުޅޭގޮތުންް އެކިފަހަރު މަތިން ވާހަކަ ދެކެވުނީމާ. އިއުތިރާޒް އެސެޓްް ރިކަވަރީ ކަމިޝަނުން ކުރައްވާފައި ނެތް ކަން ވެސް އަޅުގަނޑު ފާހަގަ ކުރަން. އެހެންވީމަ އެކަންތައްތައް އަޅުގަނޑު އޮން ރެކޯޑް ސާފުކޮށްލަދޭން ބޭނުން. ހިސާން ވިދާޅުވިއެވެ.

ލިސްޓާއި މެދު ސުވާލު އުފައްދާ މީހުންނަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ ޖޮއިންޓް ކޮމިޓީގެ މެމްބަރުންނަށް ބަލާއިރު އެކި ޕާާޓީއަށް ނިސްބަތްްވާ މެމްބަރުން ތިބި ކަމަށެވެ. އަދި ލިސްޓް ބަލާލުމުން ވަކި ޕާޓީއަކަށް ނުބަލާ އަދި ވަކި ސަރުކާރަކަށް ނުބަލާ އެސެޓް ރިކަވަރީ ކަމިޝަނުން އެމީހުންނަށް ފެންނަ ގިންތިތަކަށް ބަލާފަ، ލިސްޓަށް އަރާވަރަށް ސައްހަ މައުލޫމާތުހުރިކަމަށް ބަލާފަ، އެސެޓު ރިކަވަރީ ކޮމިޝަނުން ލިސްޓަށް އެރުވި ނަމެއް ވިއްޔާމުން ކޮމިޓީން އާންމުކުރާ ލިސްޓުގައި އޮންނާނެ ކަމަށެވެ.

ދައުލަތުގެ މުވައްޒަފުންގެ މައްސަލަ އަވަސްް ކުރަން ޖެހޭ ކަމަށާއި އަދި މިހާރުވެސް ވަކި ކުރެވެން ތިބި ދައުލަތުގެ މުވައްޒަފުން ވިހާވެސް އަވަހަކަށް ވަކި ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާ އަކަށް ވިޔަސްް އަދި ވަޒީރުން ވިޔަސް އައްޔަން ކޮށްފަ ތިބި މީހުން ވަކި ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އީވާ ވަނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންންްނަކީ ޝަރުއީ މަރުހަލާގެ ތެރެއިން ވަކި ކުރަން ޖެހޭ ބައެއް ކަމަށް ފާހަގަ ކުރައްވާފައެވެ.

އިވާ ވިދާޅުވީ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުވައްޒަފެއް ކަމުގައި ނުވި ނަމަވެސް މިވަގުތު ދައުލަތުގެ މުވައްޒަަފެއް ކަމުގައިިވާނަމަ ލިސްޓުގައި އެމީހާގެ ނަން ހިމަނާފަ ވާނީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ކަމަށެވެ.

ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ މިހާރު މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނޭ ފަރާތްތަކަކަށް ވާތީ، މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކަމިޝަންްއަށް ދެންނެވުމަށް ވެސް މިއަދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ތަހުގީގު ކުރިއަށް ދާއިރުވެސް ނުވަތަ ޕްރޮސެކިއުޝަންގެ މަރުހަލާގައި ކުރިއަށް ދާއިރުވެސް ފައިސާގައި ޖެހިވާކަމަށް ކޮމިޝަނުން ތަހުގީގުކުރަމުންދާ މީހުން މަގާމުތަކުން ދުރުކުރުމަށް ރިޕޯޓުގައި ވަނީ ހިމަނާފައިވެއެވެ. އޭގެ އިތުރުން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރެވޭނީ އަމިއްލަޔަށް ވަކިވުމުން ނުވަތަ ޝަރުއީ ކޯޓަކުން ހުކުމެއް ކުރުމުން ކަމަށްވާތީ އެމީހުންގެ ތަހުގީގު އަވަސްކުރުމަށް ދެންނެވުން ވެސް ކޮމިޓީން ފާސްކުރި ރިޕޯޓުުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް