ads
އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅިގެން އަލް ޖަޒީރާއިން އުފެއްދި ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓަރީގެ މަންޒަރެއް
އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު މަޖިލީހުން އާންމު ކޮށްފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމު ކޮށްފި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން، އެމްއެމްޕީއާރްސީ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއެކު ދެ ލިސްޓެއް އާންމު ކޮށްފައިވެއެވެ. 

އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވަށްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވި ނުވަތަ އެކަމުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 281 މީހެއް ހިމެނެ ލިސްޓަކާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާ ކޮށްފައިވާ ނުވަތަ އަދާ ކުރަމުންދާ 119 މީހުންގެ ނަންތައް ވަކިން ފާހަގަކޮށް އާންމު ކޮށްފައިވާ ލިސްޓެކެވެ. 

މި ލިސްޓުގައި މިހާރުގެ ވަޒީރުން، ކުރީގެ ވަޒީރުން، މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އިތުރުން ބައެއް ކުންފުނިތަކާ ސުޕްރީމް ކޯޓު އަދި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހިމެނެއެވެ. އަދި ސަރުކާރު ކޯލިޝަންގެ ފަރާތްތަކާއި، ކުރީ ސަރުކާރުގެ ގިނަ ފަރާތްތަކެއް މި ލިސްޓުގައި ހިމެނެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓެއް އިއްޔެ އާންމު ކޮށްފައިވާއިރު، ބައެއް ނޫސްތަކުން ވަނީ އެ ލިސްޓުގައި ފާހަގަ ކުރެވޭ ގިނަ ނަންތަކެއް އާންމުކޮށްފައެވެ. މި ތުހުމަތުތައް ސިޔާސީ ގިނަ ބަޔަކަށް ކުރާއިރު، ގިނަ ބޭފުޅުން އަންނަނީ އެމީހުނަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް