ads
ދިރާގުން ފިތުރު އީދަށް ހާއްސަ އޮފާ ތަކެއް!
ދިރާގުން ފިތުރު އީދަށް ހާއްސަ އޮފާތަކެއް ތައާރަފް ކޮށްފި
ފިތުރު އީދަށް ހާއްސަ އޮފާތަކެއް ދިރާގުން ތައާރަފް ކޮށްފި އެވެ.

ދިރާގުން ހާއްސަ އޮފާ ތަކެއް ފިތުރު އީދާއި ދިމާކޮށް ތައާރަފް ކޮށްފައިވަނީ، އީދުގައި ކަސްޓަމަރުންގެ އާއިލާ އާއި ރައްޓެހިންނަށް ގުޅައިދީ، ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، ލުއި ފަސޭހަތަށް ގެނައުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ، 

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައި ވުމުން މި އަހަރުވެސް ފިތުރު އީދު ގޭގައި ތިބެގެން ފާހަގަ ކުރަންޖެހިފައިވާއިރު، މިދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު އެކަކު އަނެކަކަށް ގުޅުވައި ދިނުން ކަމަށް ދިރާގުން ބުނެއެވެ.

މިއާއެކު މިއަހަރުގެ ރަމަޟާން މަހު ތައާރަފް ކުރި ޑޭޓާ ބަންޑަލް ތަކުގެ އެލަވަންސް ޑަބަލް ކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް، އީދު ޑޭޓާ ބަންޑަލްގެ ނަމުގައި ތައާރަފު ކޮށްފައިވާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިހާރު 45 ރުފިޔާއަށް އީދު 20 ޖީބީގެ އެފްބީބީ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް އީދު 7ޖީބީ ޑޭޓަ ބަންޑަލް އަދި 300 ރުފިޔާއަށް އީޑު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މިގޮތުން މޯބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. 

ދިރާގުން މައުލޫމާތު ދިން ގޮތުގައި، އެފްބީބީ ޑޭޓާ ބޫސްޓާ މި މަސް ނިމެންދެން ބޭނުން ކުރެވޭނެ އެވެ. އަދި ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް ފޮނުވައިގެން މި ބަންޑަލްތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އޮފާއެކޭ އެއްފަދައިން، އީދު ޑޭޓާ ބަންޑަލް ގަންނަ ކަސްޓަމަރުން ކުރާ ހަރަދުގެ %10، މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް