ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ވަޒީފާއިން ވަކިކުރަންޖެހޭ 119މީހެއްގެ ނަން އާއްމުކުރި ލިސްޓުގައި
ދައުލަތުގެ އެކި ވަޒީފާތަކުގައި މިހާރުވެސް ތިބި މީހުންގެ ތެރެއިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބަައިވެރިވެފައިވާތީ ވަޒީފާއިން ވަކިކުރަންޖެހޭ 119 މީހެއްގެ ނަމާ އެކު ރައްޔިތުންގެ މަޖިލީހުން ލިސްޓް އާންމުކޮށްފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ
މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއް ހިމެނޭ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެސެޓް ރިކަވަރީއިން ޖުޑިޝަރީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ޖޮއިންޓު ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. 

އެ ލިސްޓު މިއަދު އެކޮމެޓީން އާއްމުކުރިއިރު، އޭގައި ހިމެނެނީ ދެ ލިސްޓެކެވެ. އެއީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓެވެ.

އޭގެތެރެއިން މިހާރު ދައުލަތުގެ އެކި ވަޒީފާތަކުގައި ތިއްބެވި ސަރުކާރުގައި ހިމެނޭ ބޮޑެތި ބޭފުޅުންވެސް ހިމެނެއެވެ. މިހާރު ތިއްބެވި ވަޒީރުންގެ ތެރެއިން ލިސްޓްގައި ނަން ހިމެނެނީ ހަމައެކަނި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަމެވެ. އޭނާގެ މައްސަލަ މިހާރު އޮތީ ދައުވާކުރަން ފޮނުވުމުގެ މަރުހަލާގައެވެ. ހިޔާނާތުގެ ފައިސާ ލިބުނު ވަޒީރުންގެ ލިސްޓުގައި ދާދިފަހުން ވަޒީފާއިން ވަކިކުރި ފިޝަރީސް މިނިސްޓަރު ޒަހާ ވަަހީދުއާއި، ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލުގެ ނަންވެސް ހިމެނެއެވެ. 

އަދި މި ލިސްޓުގައި ހައުސިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، އާއި، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުއާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނަންވެސް ހިމެނެއެވެ. 

މީގެ އިތުރުން ސަރުކާރުގެ އެމްޑީޕީ މަޖިލިސް މެންބަރުން ހިމެނޭގޮތައް ޖުމްލަ 16 މަޖިލިސް މެންބަރަކުވެސް މި ލިސްޓުގައި ވަނީ ހިމެނިފައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް