ads
ރައީސް ސޯލިހް
ރައީސް މިރޭ ގައުމާއި މުހާތަބު ކުރައްވަނީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ދިވެހި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މިރޭ 7:00 ޖަހާއިރު ރައީސް ސޯލިހް ގައުމާއި މުހާތަބް ކުރައްވާނެ ކަމަށެވެ. 

މިރޭ ރައީސް ގައުމާއި މުހާތަބް ކުރައްވާއިރު ހުރިހާ ޗެނަލެއް މެދުވެރިކޮށް ލައިވްކުރާ ގޮތަށް ހަމަޖެހިފަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިރޭ ގައުމާއި މުހާތަބު ކުރައްވަން ނިންމާފަވާއިރު މިއަދު މަޖިލީހުން ވަނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓު  އާންމުކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް