ads
ފޮޓޯ: ސަން
އަޅުގަނޑު ސިޔާސީ ދާއިރާއަށް އައީ ފަސްބައި ސާފުމީހެއް ގޮތުގަ: ޝިޔާމް
ސިޔާސީ ދާއިރާއަށް އައީ އިހުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމަށާއި، އެމްއެމްޕީއާރުސީގެ ލޯލާރިއެއްގައިވެސް ޖެހިފަައިނުވާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ
މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއް ހިމެނޭ ލިސްޓު މިއަދު މަޖިލީހުން އާއްމުކުރިއިރު މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވެސް އެލިސްޓުގަައި ވަނީ ހިމެނިފައެވެ. 

އެގޮތުން މިހާރު މަޖިލީހުގައިތިބި އެކި ޕާޓީތަކަަށް ނިސްބަތްވާ 16 މެންބަރެއްގެ ނަން އެ ލިސްޓުގައިއޮތްއިރު، އޭގެތެރޭގައި ޝިޔާމްގެ ނަންވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ، އޭނާގެ ނަން އެ ލިސްޓުގައި ހިމަނާފައިވަނީ ކުރީގެ ނައިބުރަައީސް އަހުމަދު އަދީބު ޖަލުގައި ތަންފީޒުކުރަންޖެހޭ ހުކުމެއް ގޭގައި ހުރެގެން ތަންފީޒުކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ކަމަށެެވެ. 

އަދީބު ޝިޔާމުގެ ނަން ދީފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ޑީލުގެ ތެރެއިން ކަމަށް ޝިޔާމު ވިދާޅުވިއެވެެ.  

ޝިޔާމް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަން އެލިސްޓުގެ ޝިޔާމުގެ ނަން ހިމެނިފައިވާ ކޮލަމްގެ ތަފްސީލުންވެސް ބުނެދޭ ކަމަށެވެ. 

އެތަފްސީލުގައި ބުނެފައިވާ “ކެންޕެއިނަށް އެއް މިލިއަން ޔާމިން ދިންވާހަކަ އަދީބު ބުނެފައިވޭ” މި އިބާރާތުން އެއީ ޝިޔާމުގެ އަބުރު ކަތިލާ ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ކުރިކަމެއްކަން ވަރަށް ސާފުކަމަށް ޝިޔާމު ވިދާޅުވެފައިވެއެވެ. 

“އަޅުގަނޑުގެ އާއިލާ އާއި ރައްޓެހިން އަދި އަޅުގަނޑުގެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑު ސިޔާސީ ދާއިރާއަށް އައީ އިހުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމާއި އަދި އަޅުގަނޑު ސިޔާސީ ހަޔާތް ﷲ އިރާދަފުޅުން ނިންމާނީވެސް އެގޮތުގައި ދެމިހުރެގެން ކަން”ޝިޔާމް ވިދާޅުވިއެެވެ.


ޝިޔާމު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއިއެކު ރައްޔިތުން ތަމްސީލުކުރާ މަންދޫބެއްގެ ގޮތުގައި ހުރެ އެރައްޔިތުންގެ އިތުބާރު ގެއްލޭފަދަ އެއްވެސްކަމެއް  ކުރިންވެސް މިހާރުވެސް އަދި މުސްތަޤުބަލުގައިވެސް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށާއި،  އެފަދަ އަސްލެއް އަސާސެއް ނެތް ތުޙުމަތަކުން  އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

“އެމްއެމްޕީއާރުސީގެ ލޯލާރިއެއްގައިވެސް އަޅުގަނޑު ޖެހިފައި ނުވާނެ. އަޅުގަނޑަކީ ތަހުގީގީ އިދާރާތަކަށް ކެނޑިނޭޅި އެމްއެމްޕީއާރުސީގެ ގެ މައްސަލަ ތަހުގީގްކުރުން އަވަސް ކުރުމަށް ގޮވާލަމުންދާ މީހެއް. “ޝިޔާމް ވިދާޅުވިއެވެ.

 
 

ޝިޔާމް ވިދާޅުވީ މިއަދުވެސް އެގޮވާލުން ތަކުރާރު ކުރާކަމަށާއި އޭނާއަށް ކޮށްފައިވާ ސާބިތު ނުހިފޭ ތުހުމަތުން ބަރީއަވުމުގެ ޔަގީންކަމާ ހިތްވަރު  ހުންނާނެ ކަމަށެެވެ. އަދި އެތުހުމަތަކީ އަސްލެއް އަަސާސެއް ނެތް ތުހުމަތެއްކަން ސާބިތުވެސް ކޮށްދޭނަން ކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް