ads
މަސްތައް "ވާހަކަ ދައްކަނީ" ކިހިނެއް؟
އަޑުތައް މަޑު ހިމޭން ތަނަކަށް ވުމުގެ ބަދަލުގައި ކަނޑު އަޑީގެ ދުނިޔެއަކީ ތަފާތު އެކި އަޑުތަކުން ފުރިފައިވާ ތަނެކެވެ. އެއީ އެކި ބާވަތުގެ މަސް އެކަތި އަނެކައްޗަށް މެސެޖު ދިނުމަށް ބޭނުން ކުރާ އަޑުތައް ކަމަށް ސައިންސްވެރިން ބުނެ އެވެ.
އަޑުތައް މަޑު ހިމޭން ތަނަކަށް ވުމުގެ ބަދަލުގައި ކަނޑު އަޑީގެ ދުނިޔެއަކީ ތަފާތު އެކި އަޑުތަކުން ފުރިފައިވާ ތަނެކެވެ. އެއީ އެކި ބާވަތުގެ މަސް އެކަތި އަނެކައްޗަށް މެސެޖު ދިނުމަށް ބޭނުން ކުރާ އަޑުތައް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އޯކްލޭންޑް ޔުނިވާސިޓީގެ ރިސާޗާ ޝަހްރިމާން ގަޒަލީ ބުނެފައިވާ ގޮތުގައި ބައެއް މަސް، ޝިކާރަ ކުރުމުގެ ގޮތުން ވެސް، އެ މަސްތައް ދައްކާ ވާހަކަތައް އަޑުތައް މެދުވެރިކޮށް ދެނެގަނެ އެވެ. އޭނާ ބުނާ ގޮތުގައި ހުރިހާ މަހަކަށް ވެސް އަޑު އިވެ އެވެ.

އެކަމަކު ހުރިހާ މަހަކަށް އަޑެއް ނުލެއްވެ އެވެ. އެ އަޑުތަކަކީ މަސްތަކުގެ "ސްވިމް ބްލެޑާ" ވައިބްރޭޓުކޮށްގެން ލައްވާ އަޑުތަކެވެ. "ސްވިމް ބްލެޑާ" އަކީ މަސްތަކަށް ކޮންޓްރޯލް ކުރެވޭ ކުޑަ މަސް ކޮޅެކެވެ. ގަޒަލީގެ ދިރާސާގެ ބޭނުމަކީ މަސް ލައްވާ އެކި އަޑުތަކުގެ މާނަ ދެނެގަތުމެވެ.

މިހާތަނަށް ހޯދުންތަކުން އެނގޭ ގޮތުގައި އަޑުތައް ލައްވަނީ ބައިވެރިއަކު ހިތް ޖެއްސުމަށާއި، ޝިކާރަ ކުރާ މަސްތައް ދުރު ކުރުމަށާއި، އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާއިރު މިސްރާބު ދެނެގަތުމަށެވެ. ގަޒަލީގެ ދިރާސާއަށް ވަނީ ގިނަ މަސްތަކެއް ބޭނުންކޮށްފަ އެވެ.

އެ މަސްތައް ޓޭންކަކަށް ދޫކޮށްލުމަށް ފަހު އަޑުތައް އަހާފައި ވަނީ ކަނޑު އަޑިއަށް ހާއްސަ މައިކްރޯފޯނަކާއި ފެނުގައި ކުރާ ހަރަކާތްތައް ދެނެގަންނަ އާލާތްތައް ބޭނުންކޮށްގެންނެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި އެންމެ ގަދައަށް ވާހަކަ ދައްކަނީ "ގާނާޑް" މަހެވެ.

އެކަމަކު އާއްމުކޮށް ޕެޓުގެ ގޮތުގައި ގޭގައި ގެންގުޅޭ ގޯލްޑްފިޝް އަކީ އެއްވެސް އަޑެއް ލައްވާ މަހެއް ނޫންކަން އެ ދިރާސާއިން ވަނީ އެނގިފަ އެވެ. ނަމަވެސް އޭގެ އިވުމުގެ ހިއްސު ވަރަށް ރަނގަޅެވެ. އެހެންވެ، ޓޭންކުގައި އިނގިލިން ޖަހާލުމުން ގޯލްޑްފިޝް ގޮތެއް ނުހެދި ނަމަވެސް، އެ އަޑު މަހަށް އިވޭނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް