ads
ފޮޓޯ---
ހިޔާނާތުގެ ލިސްޓް:އެމްޑީޕީގެ އިސް 6 ބޭފުޅުން ހިމެނޭ
ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި ކުރިން ތިއްބެވި ފަރާތްތަކުގެ ލިސްޓްގައި އެމްޑީޕީގެ އިސް ހަ ބޭފުޅުން ހިމެނެ އެވެ.

ލިސްޓުގައިވާ ހިމަނާފައިވާ ނަންތަކުގެ ތެރެއިން،  އެންމެ ފާހަގަކޮށްލެވެނީ އެމްޑީޕީގެ އެންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވާ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. 

އާޒިމްގެ ނަމުގެ އިތުރުން މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަައްވާ ޖުމްލަ ތިން މެމްބަރުން  ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ނަންވެސް ހިމެނެ އެވެ.

އެ ތިން މެމްބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވި މެމްބަރުންނެވެ.

މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުގައި ހުންނެވި މީހުންގެ ނަންވެސް ހިމެނެއެވެ. އެގޮތުން  ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ހައުސިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް ހިމެނެ އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން މަހްލޫފަކީ 18 ވަނަ މަޖިލީހުގައި މެމްބަރުކަން ކުރެއްވިި ބޭފުޅެކެވެ. އޭނާ މެމްބަރުކަމުން ވަކިވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަންކުުރެއްވުމުންނެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވި ނުވަތަ އެކަމުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 281 މީހެއް ހިމެނެ ލިސްޓަކާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާ ކޮށްފައިވާ ނުވަތަ އަދާ ކުރަމުންދާ 119 މީހުންގެ ނަންތައް ވަކިން ފާހަގަކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން، މިއަދު ވަނީ ރިޕޯޓް އާންމުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް