ads
ފޮޓޯ--އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރަ
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އައްޑޫ ސިޓީގެ މެޔަރު އަބްދުالله ސާދިގް ސީއެންއެމްއަށް ވިދާޅުވީ މި ހަފްތާ ފެށުނީއްސުރެ ވެހެމުން ދިޔަ ވާރޭގެ ސަބަބުން އެ ސިޓީގެ ހުރިހާ އަވަށެއްގެ ގިނަ ގެތަކަށް ވަނީ ފެން ވަދެފަ އެވެ.

އަދި ބައެއް ގެތަކުގެ ފުރާޅު އެއްލާލުމާއި ފެންބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކުގެ ހިފާގެންގުޅޭތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ސާދިގް ވިދާޅުވި އެވެ.

ސާދިގް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ރަށުގައި ދާދިފަހުން ފެނަކައިން ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމަށް ވެސް ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ ކާރިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހަވީރު 16:30 ގައި ކަމަށެވެ.

އަދި މިހާރު އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ފޭދޫގެ ބައެއް ގެތަކަށް ފެންވަދެ އެ އަވަށްތަކުގެ މަގުތަށް ފެންބޮޑުވުމާ ގުޅިގެން ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އައްޑޫ ސިޓީގައި ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެލި ބަސްތާ ޖަހައިގެން ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ މޭޔަރު ސާދިގް ވިދާޅުވި އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް މެޓް އިން ވަނީ އޮރެންޖް އެލާޓް ނެރިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް