ads
މާލޭގައި އީދު ނަމާދު ކުރަނީ: ފައިލް ފޮޓޯ ސަން
ގޭގައި އީދު ނަމާދު ކުރާނޭ ގޮތް އެނގޭތަ؟
މިއަހަރުގެ ފިތުރު އީދުވުހަށް މާދަމާ ކުރިމަތި ލާއިރުގައި، ކޮވިޑްގެ ސަބަބުން ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނޯންނާނެ އެވެ. ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވުމުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނޭ ކަމަށް ކަނޑައަޅާފަ އެވެ.

އީދު ނަމާދު ޖަމާއަތުގައި މިސްކިތުގައި ނުކުރެވުނަސް ގޭގައި ކުރެވިދާނެ އެވެ.

މި ހާލަތުގައި ގޭގައި އީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް އީދުނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެއެވެ. 

އަދި އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާނުލައެވެ. ގޭގައި އީދު ނަމާދު އެކަނިވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުވެގެންވެއެވެ.

ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރާނެ ގޮތަކީ:-


• އީދު ނަމާދަށް ނިޔަތްގަނެ ހަށަންބަން ތަކްބީރު ކިޔައި ހަށަންބަނދެ، ދުއާއުލް އިސްތިފްތާހު ކިޔުން.

• ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް
އެއަށްފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން

• އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްޢަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްޢަތަށް ތެދުވުން

• ދެވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.

• ދެވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް ޣާޝިޔާ، ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން

• ދެވަނަ ރަކްޢަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް