ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ބެކް ލޮގް ކޭސްތަކާ އެކު، މިއަދުވެސް 1500 ގިނަ މީހުން ޕޮޒިޓިވް ވެއްޖެ
ބެކްލޮގް ކޭސްތަކާއެކު މިއަދުވެސް ކޭސްތައް 1500 އިން މައްޗަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިއަދު ރާއްޖެއިން ޖުމްލަ 1572 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެގޮތުން މި އަދަދަކީ މިއަދު އެންޓަ ކުރެވިފައިވާ އަދަދު ކަމަށާއި، މީގެ ތެރޭގައި މިމަހުގެ ތިނަކުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ނެގި ސާމްޕަލްތައް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިއަދު އެންޓާ ކުރެވުނު ޑޭޓާ އަށް ބަލާއިރު، ޖުމްލަ 1،572 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 1،315 ކޭސް އަކީ މާލެ ސަރަހައްދުގެ ކޭސްތައް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި 242 ކޭސްއެއް އަތޮޅުތެރެއިން ފެނިފައިވާއިރު ރިސޯޓުތަކުން 15 ކޭސް ފެނިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ މިހާރު 12،873 އަށް ވަނީ އަރާފައެވެ. އަދި 263 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ ވެއެވެ. 

ބެކްލޮގްގެ ކޭސްތަކުން ޕޮޒިޓިވްވި ކޭސްތަކަށް ބަލާއިރު، މި މަހުގެ ތިން ވަނަ ދުވަހު ނެގި އެއް ސާމްޕަލް މިއަދު އެންޓާ ކުރި ކަމަށް މަބްރޫކު ވިދާޅުވިއެވެ. މީގެ އިތުރުން މިމަހުގެ ހަތަރު ވަނަ ދުވަހު ނެގި ތިން ސާޕަލެއް ހިމެނޭ އިރު މިމަހުގެ ފަސް ވަނަ ދުވަހު ނެގި 16 ސާޕަލެއް ހިމެނެ އެވެ. އަދި މި މަހުގެ ހަ ވަނަ ދުވަހު ނެގި 17 ސާޕަލެއް އޭގެ ތެރޭގައި ހިމެނޭއިރު މި މަހުގެ ހަތް ވަނަ ދުވަހު ނެގި 20 ސާޕަލަކާއި މި މަހުގެ އަށް ވަނަ ދުވަހު ނެގި 56 ސާޕަލެއް މިއަދު އެންޓާ ކުރިކަމަށް މަބްރޫކު ވިދާޅުވި އެވެ.

އަދި މިމަހުގެ ނުވަވަނަ ދުވަހު ނެގި 165 ސާމްޕަލަކާއި ދިހަވަނަ ދުވަހުނެގި 440 ސާމްޕަލެއްގެ އިތުރުން 11 ވަނަ ދުވަހު ނަގާފައިވާ 828 ސާޕަލެއް މިއަދު އެންޓާ ކުރިކަމަށް މަބްރޫކު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ އިރުއޮއްސި ހަޔަކާއި ހަމައަށް ލިބިފައިވާ ސާމްޕަލްތަކަށް ބަލާއިރު، ޕޮޒިޓިވްވެފައިވަނީ 844 މީހެއްކަން މަބްރޫކު ފާހަގަ ކުރެއްވި އެވެ.

މިއަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 40،092 އަށް އަރާފައިވާއިރު އެބަލީގެ ބިރުވެރިކަން މިހާރު މިވަނީ އިންތިހާއަށް ގޮސްފަ އެވެ. 

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅޭނީ 27،123 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް