ads
ވެކްސިން ޖަހަނީ
138،890 މީހުން ވެކްސިން ފުރިހަމަ ކޮށްފި
ރާއްޖެއިން 138،890 މީހުން ވެކްސިން ފުރިހަމަ ކޮށްފި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަތޮޅުތެރެއިން އިއްޔެ ވެކްސިން ޖެހީ 2418 މީހުންނެވެ. އެގޮތުން 181 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެވަނަ ޑޯޒު ޖަހާފައިވަނީ 2,237 މީހުންނެވެ.

އިއްޔެ މާލެ ސަރަހައްދުން ވެކްސިން ޖެހީ 657 މީހުންނެވެ. އެގޮތުން 209 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު ދެވަނަ ޑޯޒު ޖަހާފައިވަނީ 209 މީހުންނެވެ. 

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު 390 މީހަކު ޖަހާފައިވާއިރު 2685 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ. މިއާއެކު މިއަދު ވެކްސިން ޖަހާފައިވަނީ ޖުމްލަ 3075 މީހުންނެވެ. 

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު 302،097 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒު ޖަހާފައިވަނީ 138،890 މީހުންނެވެ. 

ގިނަ ބަޔަކު ވެކްސިން ޖަހަމުންދިޔަ ނަމަވެސް ބަލި ފެތުރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިއަދު 1000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 961 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް