ads
ފޮޓޯ:މާހިރާ އަދި އޭނާގެ ދަރިފުޅު
މާހިރާ އަކީ ސިންގަލް މަންމައެއްކަން އެނގޭތަ؟
ފާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ހާން ވަނީ ބޮލީވުޑްގައި ވެސް ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފަ އެވެ. މާހިރާގެ ރީތިކަމަށް ގިނަ ބަޔަކު އޭނާއަށް ތައުރީފް ކުރެ އެވެ. ނަމަވެސް ގިނަ ބަޔަކަށް މާހިރާ އަކީ އެކަނިވެރި މައެއްކަން ނޭންގެ އެވެ.

މާހިރާ އޭނާގެ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ 2007 އަހަރުގަ އެވެ. އޭނާގެ ލޯބިވެރިއާ އަލީ އަސްކަރީއާ އެކުގައި އުފާވެރި ކައިވެންޏެއްގެ އުންމީދެއް ކޮށްގެން މާހިރާ ހުރިނަމަވެސް ކައިވެންޏައް އަށް އަހަރުވީ ފަހުން ދެމީހުން ވަރިވި އެވެ.

އެމީހުން ކައިވެނި ރޫޅުނީ ކީއްވެގެންތޯ މާހިރާ ހާމަކޮށްފަ އެއް ނުވެ އެވެ. މާހިރާ އަދި އޭނާގެ ކުރީގެ ފިރިމީހާއަށް ވަނީ ލޯބި ލޯބި ފިރިހެން ކުއްޖެއް 2014 ވަނަ އަހަރުގައި ލިބިފަ އެވެ.

ފިރިމީހާ މާހިރާ ދޫކޮށް ދިޔަ އިރުގައި އޭނާ ކުޑާ ދަރިފުޅު އަޒްލާން އެކުގައި އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށް މާހިރާ ބުނެ އެވެ.

މާރިހާ އަށް އެންމެ މުހިންމީ އޭނާގެ ދަރިފުޅު ކަމަށާއި ހަޔާތުގެ އެންމެ އަދިރި ވަގުތުގައިވެސް އެ ހާލަތުން އަރައިގަތުމަށް ހިތްވަރު ލިބުނީ ދަރިފުޅުގެ ސަބަބުން ކަމަށް މާހިރާ ބުނެ އެވެ.

މާހިރާ މިހާރު އުޅެނީ ޕާކިސްތާނުގެ މުއްސަދި ވިޔަފާރިވެރިއެއް ކަމަށްވާ ސާލިމް ކަރިމްއާ ރައްޓެހިވެގެން ނެވެ. އަދި އެ ދެމީހުން ވަރަށް އަވަހަށް ކައިވެނި އުޅޭ ކަމުގެ އަޑުތައް އަންނަނީ އިވެމުން ނެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް