ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
ހިޔާނާތުގެ “ލޯ ލާރި” އެއްގައިވެސް ޖެހިފައެއް ނޯންނާނެ: އަބްދުއްރަހީމް
އެމްއެމްޕީއާރުސީ ހިޔާނާގުގެ ލޯ ލާރިއެއްގައި ވެސް ޖެހިފަ ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާއްމުކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އަދުރޭގެ ނަން އޮތުމުން އެކަމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ އެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށެވެ. 

“އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓްގައި އަޅުގަނޑުގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގަ. އެމްއެމްޕީއާރުސީ ހިޔާނާުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ” ~ އަދުރޭ

އަދުރޭ ވިދާޅުވީ މަތިމައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތައް ޖެހުމެއް ނެތް ކަމަށެވެ. އަދި ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް.” ~ އަދުރޭ

އަދުރޭގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ނައީބް ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައީބް ރައީސް މުހައްމަދު ސައީދު، ޕީއެންސީގެ ނައީބް ރައީސް އިބްރާހީމް ޝުޖާއު، ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމްގެ ނަން ވެސް ހިޔާނާތުގެ ލިސްޓުގައި ހިމެނެއެވެ.

ނަމަވެސް ލިސްޓުގައި ހިމެނޭ އިދިކޮޅު ހުރިހާ މެމްބަރުންވެސް ވަނީ ހިޔާނާތުގެ ފައިސާ ހިފި ކަމަށް ވެސް އަދި ހިޔާނާތުން މަންފާ ލިބުނުކަންވެސް ދޮގުކޮށްފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް