ads
ރައީސް ނަޝީދުގެ މޮޓޯކޭޑް
ރައީސް ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ އެއާ އެމްބިއުލެންސެއްގައި މިއަދު ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓުން ގަޑިން 10:48 ގަ އެވެ.

މިއަދު އެމަނިކުފާނު ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖެހިގެން ގޮސްފައިވާއިރުގައި ސިފައިންނާއި ފުލުހުން ވަނީ މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އޭޑީކޭ ކައިރި ވެސް އޮތީ ސެކިއުރިޓީ ވެހިކަލްތަކުން ފުރާލައިފަ އެވެ.

އަދި ބައެއް މަގުތައް ބަންދުކޮށް، ބްރިޖް ސަރަހައްދާއި ހުޅުލޭގެ ސެކިއުރިޓީ ވެސް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. ހަތިޔާރާ އެކު ސިފައިން ދިޔައީ އެކި މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.  

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފަ އެވެ.

ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން މީޑިއާތަކަށް  މައުލޫމާތު ދެމުން ބުނީ  ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަމަށެވެ. 

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފަ އެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް