ads
ސަރުދާރު ދޮންބެ--- ފޮޓޯ:ރާއްޖެ އެމްވީ
ދިވެހި ރުފިޔާ ކުރެއްސެވި ސަރުދާރު ދޮންމަނިކު ނިޔާވެއްޖެ
ދައުލަތުގެ ނިޝާނާއި ދިވެހި ފައިސާ ކުރެއްސެވުމުގައި ބައިވެރިވެފައިވާ އިސްމާއީލް (ސަރުދާރު ދޮންމަނިކު) އަވަހާރަވެއްޖެ އެވެ.

93 އަހަރުގައި ސަރުދާރު ދޮންބެ ނިޔާވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ސަރުދާރު ދޮންބެ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ. 

ސަރުދާރު ދޮންމަނިކު ވަނީ މިދިޔަ އަހަރު ކޮވިޑަށް ޕޮސިޓިވްވުމުގެ ސަބަބުން ފަރުވާ ހޯދާފައެވެ. އޭރު ސަރުދާރު ދޮންމަނިކުގެ އުމުރުން 92 އަހަރެވެ. މިދިޔަ އަހަރު ކޮވިޑަށް ޕޮސިޓިވްވެ ޝިފާ ލިބުނު އެންމެ ދުވަސްވީ މީހުންގެ ތެރޭގައިވެސް ސަރުދާރު ދޮންމަނިކު ހިމެނެއެވެ.

ސަރުދާރު ދޮންމަނިކުގެ ކަށުނަމާދު އޮތީ މިއަދުގެ 12:30 ގައި އާސަހަރާ މިސްކިތުގައެވެ.

your imageސަރުދާރު ދޮންބެ އަދި އޭނާގެ މަސައްކަތް----

ސަރުދާރު ދޮންމަނިކަކީ އޭނާގެ ދުވަސްވަރު ވަރަށް މޮޅަށް ކުރަހާ ބޭފުޅެކެވެ. އޭނާ އަކީ އަބަދުވެސް ކުރެހުމުގެ އިތުރުން ތިމާވެއްޓަށްވެސް ޝައުގުވެރިކަން ހުރި ފަރާތެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްކޫބާ ޑައުވަރުންގެ ތެރޭގައިވެސް ހިމެނޭ ފަރާތެކެވެ. 

ސަރުދާރު ދޮންމަނިކު ދިވެހި ފައިސާ ކުރެއްސެވީ އޭނާގެ ޅަ އުމުރުގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ތައާރަފްކުރެއްވި ނޫޓްތަކުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް