ads
އަހުމަދިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް ކިޔަވަނީ---ފޮޓޯ:ސަން
މިމަހުގެ 16 އިން ފެށިގެން ކިޔަވައިދޭނީ އޮންލައިންކޮށް
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތައް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަހަރައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން ގުރޭޑު 12 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް މިހާރު ވަނީ 12،000 އިން މައްޗަށް އަރާފައެވެ. އެގޮތުން ސަރުކާރުން ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައްވެސް ބަންދުކޮށްގެން ގެއިން މަސައްކަތް ކުރުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް