ads
ކޮވިޑް 19:-
ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 15،000 އަށް އަރައިފި، މިއަދު ވެސް 1400އިން މަތީގައި
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 1،467
15،000 މީހުންނަށް ކޮވިޑް ޖެހިއްޖެ
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ނުދާ ކަމަށާއި މިއަދު ވެސް 1400އަށްވުރެ ގިނަ މީހުން ޕޮޒިޓީވި ކަމަށް އެޗްޕީއޭއިން ދެންމެ ނެރުނު ތަފާސްހިސާބުން ދައްކައިފިއެވެ.

އެގޮތުން މިހާރު ރާއްޖޭގައި 15،003 ކޮވިޑްގެ އެކްޓިވް ކޭސް އެބައުޅެއެވެ. އޭގެ ތެރެއިން 290 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލު ތަކުގައެވެ. 

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 1،467 މީހުންނެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 1،267 މީހެކެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން ޖުމްލަ 182 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ރިޒޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ. 

މިހާތަނަށް ރާއްޖެއިން 42،775 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 27،672 މީހެކެވެ. 

މިބަލީގައި މިއަދުވެސް ހަތަރު މީހަކު މަރުވެފައިވާއިރު ރާއްޖެއިން ޖުމްލަ 91 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ. 

މިފަހަކަށް އައިސް އަތޮޅުތެރޭ ރަށްތަކުން މީހުން ޕޮޒިޓިވްވާ އަދަދު މާލެ ސަރަހައްދުން ޕޮޒިޓިވްވާ އަދަދަށްވުރެ ގިނަވެފައިވީ ނަމަވެސް މިހާރު އަނެއްކާވެސް އަތޮޅު ތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް