ads
ކަންގްނާ އަދި އިރްފާން-----
ކަންގްނާ އަކީ ނަފްރަތު އުފައްދަމުން ދުވާ މީހެއް: އިރްފާން
ބޮލީވުޑް އެކްޓްރެސް ކަންގްނާ ރާނޫތްގެ ހުރިހާ ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައިވެސް މަސައްކަތް ކޮށްފައި ހުންނާނީ ނަފްރަތު އުފެއްދުމަށް ކަަމަށް އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި އެކްޓަރު އިރްފާން ޕަތަން ބުނެފިއެވެ.

އިރްފާން މިހެން ބުނެފައިމިވަނީ ފަލަސްތީނާ އިޒްރާއީލާ ދެމެދު ދެވެމުންދާ ހަމަލާތަކުގައި އިންޑިއާ އޮތީ އިޒްރާއީލް އާ އެކު ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަމަލަތަކަށް ތާއީދުކޮށް ކަންގްނާ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އިރްފާން ޓުވިޓާގައި ބުނެފައިވަނީ އޭނާގެ ހުރިހާ ޕޯސްޓުތައްވެސް ކޮށްފައިހުންނާއި އިންސާނިއްޔަތައް ތާއީދުކޮށް ކަަމަށާއި ގައުމުގެ ރައްޔިތުންގެ މަންފާއަށް އިންޑިއާ ތަމްސީލުކުރި މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ކަންގްނާގެ ހުރިހާ ސޯޝަލް މީޑިއާ ޕޯސްޓްތަކަކީވެސް ނަފްރަތު އުފެއްދުމަށް ކޮށްފައިވާ ޕޯސްޓްތަކެއް ކަމަށް އިރްފާން ބުންޏެވެ. 

އިސްރާއީލަށް ތާއީދުކޮށް ފަލަސްތީނުގެ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދޭހަވާގޮތައް ކަންގްނާ ފޭސްބުކް އަދި އިންސްޓަގްރާމްގައި ވަނީ ޕޯސްޓުކޮށްފައެވެ. ފޭސްބުކް އަދި އިންސްޓަގްރާމްގައި އޭނާ މިހެން ބުނެފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓް ބްލޮކް ކުރުމާ ގުޅިގެންނެވެ. 

ކަންގްނާގެ ޓުވިޓާ އެކައުންޓު މި މަހުގެ ކުރީކޮޅު ސަސްޕެންޑުކޮށްފައިވަނީ ތަކުރާރުކޮށް ނަފްރަތު އުފެދޭފަދަ ޕޯސްޓުތައް ކޮށް، ޓުވިޓާގެ ޕޮލިސީސްތަކާ ހިލާފުވުމުންނެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް