ads
ކޮވިޑް 19
މާބަނޑު އަަންހެނެއް ގެއަށް ފޮނުވާލިތާ އިރުކޮޅަކުން އެމަޖެންސީގައި ވިހައިފި
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މާބަނޑު އަންހެނަކަށް ފަސް ދުވަސް ވި އިރުވެސް އެޗްޕީއޭއިން އެޓެންޑްނުވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އޭނާ ގެއަށް ފޮނުވާލިތާ އިރުކޮޅެއް ފަހުން އިމަޖެންސީގައި އެ މީހާ ވިހެވުމާ ގުޅިގެން އެޗްޕީއަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މާބަނޑު އަންހެނާގެ ދައްތައެއް ސީއެންއެމްއަށް ބުނިގޮތުގައި އެ މާބަނޑު އަންހެން މީހާ އަކީ ކޮވިޑްގެ މި ބިރުވެރި ހާލަތުގައި ފްރޮންޓްލައިގައި މަސައްކަތް ކުރަމުން އަންނަ ނަރުހެކެވެ. ބަނޑުބޮޑުވި ފަހުން ވެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ބަލި މީހުންނާ އެންމެ ކައިރީގައި އޭނާގެ ކޮއްކޮ މަސައްކަތް ކުރަމުން އައި ކަމަށް އޭނާ ބުންޏެ އެވެ. އަދި މާބަނޑު އަންހެން މީހާގެ ފިރިމީހާއަކީ ވެސް އަކީ ވެސް ސެނެހިޔާ ހޮސްޕިޓަލްގައި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއް ކަމަށް އޭނާ ބުންޏެ އެވެ.

މާބަނޑު މީހާގެ ދައްތަ ބުނިގޮތުގައި ޕްރީ މެޓާނިޓީ ލީވްގައި ހުއްޓާ ކޮއްކޮގެ ކިބައިން ރޯގާގެ އަލާމާތްތައް ހުރުމުން މިމަހުގެ 10 ވަނަ ދުވަހު ނެގި ސާމްޕަލެއް 11 ވަނަ ދުވަހުގައި ޕޮޒިޓިވްވިކަން އެނގުމުން ގޭގައި އައިސޮލޫޝަންގައި މަޑުކޮށްގެން ހުރީ އެވެ.

އަދި އޭނާގެ ކޮއްކޮ އަކީ ހައިރިސްކް މީހެއް ކަމަށް ވުުމުން އެޗްޕީއޭއަށް ގުޅާ އެޓެންޑްވާން އެދުނު ކަަމަށް އޭނާ ކިޔާދިނެވެ. އެޗްޕީއޭގެ ފަރާތުން އެއްވެސް ރެސްޕޯންސެއް ނުލިބިގެން އުޅެނިކޮން ކޮއްކޮގެ ބަނޑުގައި ރިއްސަން ފެށި ކަމަށާއި ބަނޑުގައި ރިއްސާތީ ގުޅާތާ ތިން ދުވަސްވި އިރުވެސް އެޓެންޑްނުވި ކަމަށް އޭނާ ބުންޏެ އެވެ.

އޭނާ ބުނިގޮތުގައި އެޗްޕީއޭއިން ކޮންމެ ފަހަރުވެސް ދޭ ޖަވާބަކީ މެޑިކަލް ޓީމުން އަންނާނެ ކަމަށެވެ. ނަމަވެސް މެޑިކަލް ޓީމުން ނައުމުން އެންމެ ފަހުން ރުޅިގަދަވެގެން ޓްވީޓުކުރުން އެމީހުން ރެސްޕޯންޑް ކުރިކަމަށް ބުންޏެ އެވެ.

އޭނާ ބުނީ ރޭގައި ކޮއްކޮ ގެންދަން ހަމަޖެހުނީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށެވެ. އެންބިއުލާންސް ހަމަޖެހި އެ ހޮސްޕިޓަލަށް ދާން ތައްޔާރުވި ތަނާ އެޗްޕީއޭއިން ބަލި މީހާ މާލޭގެ ހޮޮސްޕިޓަލެއް ނޫން އެހެން ހޮސްޕިޓަލަކަށް ދާން ބޭނުންނުވާ ކަމަށް ބުނެ ކެންސަލް ކޮށްލި ކަމަށް އޭނާ ބުންޏެ އެވެ.

"އެކޮޅުން އެއްވެސް މީހަކު އެހެނެއް ނުބުނެ. އެޗްޕީއޭއިން އެހެން ބުނެފައި ރިޖެކްޓް ކޮށްލީ. ބައިގަޑީއިރެއްހާ އިރު ތެރޭގައި އަންނާނަމޭ ބުނެފައި،" އޭނާ ބުންޏެ އެވެ.

އެޗްޕީއެއިން އެހެން ހެދުމުން ރައީސް އޮފީހަށް ގުޅާ ކަންބޮޑުވުން ހިއްސާކުރި ކަމަށް އޭނާ ބުންޏެ އެވެ. އަދި އެޗްޕީއޭގެ ފަރާތުން މާފަށް ވެސް އެދުނު ކަމަށް ވެސް ކިޔާދިނެވެ.

އޭނާ ކިޔާދިން ގޮތުގައި ރޭގެ 11:16 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސެއް އައި ކަމަށާއި ކޮއްކޮ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ޓެސްޓުތަކެއް ހަދި ކަމަށާއި ކޮއްކޮއަށް ޔޫރިން އިންފެކްޝަނެއް ޖެހިގެން އުޅޭ ކަމަށް ބުނެ އެންޓި ބަޔޯޓިކްސް އެއް ދިނުމަށް ފަހުގައި ގެއަށް ފޮނުވާލި ކަމަށް އޭނާ ބުންޏެ އެވެ.

އޭނާ ބުނީ ގެއަށް އައުމަށް ފަހު ފަތިސް ގަޑީގައި ފާހަނާއަށް ވަންއިރުގައި ލޭ އަންނަށް ފެށި ކަމަށެވެ. އަދި އިމެޖެންސީކޮށް އައުޖީއެމްއެޗްގެ އީރާއަށް ގެންގޮސް އެމެޖެންސީކޮށް ސިޒޭރިއަށް ހަދަން ޖެހުނު ކަމަށެވެ. މިހާރު ބޭބީ އޮތީ ނާސިރީގައި ކަމަށާއި ކޮއްކޮ އާއި ބޭބީގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް ބުންޏެ އެވެ.

އޭނާ ވަނީ އެޗްޕީއޭއިން ކޮއްކޮއާ މެދުގައި ކަންތައް ކުރިގޮތާ މެދުގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުރީ ސަފުގައި މަސައްކަތް ކުރި ނަރުހަަކަށް އެހެން ކަންތައް ކުރުމުން އާންމު މީހުންނަށް ދެންވާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"ކޮންމެ މީހެއް ވިޔަސް ކޮންމެ ފެންވަރެއްގެ މީހެއް ވިޔަސް ބަލި ވީމަ އެޗްޕީއޭއިން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭނެ؛" އޭނާ ބުންޏެވެ.

އޭނާ ކިޔާދިން ގޮތުގައި އެމީހުން ދިރިއުޅޭ ގޭގައި ތިބީ ކުޑަކުދިންނާއި މުސްކުޅިންނާއި އެކި ބަލި ބައްޔަށް ފަރުވާ ކުރާ މީހުންނެވެ. ނަމަވެސް ކޮއްކޮ ޕޮޒިޓިވްވެގެން ޑައިރެކްޓް ކޮންޓެކްޓުންވީމަ ސާމްޕަލް ނަގަން ވެސް އެޗްޕީއޭއިން ނާންނަ ކަމަށެވެ. ފުލޫ ކްލިނިކަށް ގޮސް ކިއުގަ ޖެހިގެން ސާމްޕަލް ނަގަން ދިއުމަށް އެޗްޕީއޭއިން ބުނިކަމަށް އޭނާ ބުންޏެ އެވެ.

"އެޗްޕީއޭއިން ބޭނުމެއް ނުވޭ ސާމްޕަލް ނަގާކަށް ވެސް ގެއަށް އަންނާކަށް. ގިނަ މީހުން ޕޮޒިތިވްވަނީ އޭ ބުނަނީ. އެހެންވެ ގެއަށް ސާމްޕަލަށް ނަގަން ނާންނަމޭ ބުނީ؛" އޭނާ ބުންޏެވެ.

އެޗްޕީއެއިން ވަރަށް ފަރުވާ ކުޑަކޮށް ކަންތަށް ކުރަމުންދާ ކަމަށާއި އެއްވެސް ކަމަކަށް ޒިންމާ ނަގާކަށް ބޭނުން ނުވާ ކަމަށް އޭނާ ބުންޏެެ އެވެ. އަންނަ ޖޫން މަހު ވިހަން ހަމަޖެފައިވާ މީހަކަށް އެޗްޕީއޭއިން އެޓެންޑް ނުވުމުން އޭގެން ދައްކައި ދެނީ އެމީހުންގެ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް އޭނާ ބުންޏެ އެވެ.

ސީއެންއެމްއަށް މައުލޫމާތުދެއްވަމުން އެޗްޕީއޭއިން ބުނީ އެމައްސަލައިގައި އެޗްޕީއޭއިން އިހުމާލެއްވެފަވޭތޯ ބަލަމުން އަންނަ ކަމަށެވެ.

58%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް