ads
އެމްއެންޑީއެފް އިން މީގެ ކުރިން ހިންގި އެކްސަސައިޒެއްގެ ތެރެއިން-
ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސީއެންއެމް އަށް ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަައްޔަރުކުރި އެންމެނަކީވެސް ދިވެހިން ނެވެ. އަދި މި ހަތް މީހުންނަކީ ވެސް އެ ސިޓީގައި ހަރުކަށި ފިކުރު ފަތުރައި، އެކަމުގެ ތެރޭގައި އުޅުނު ބައެއްކަމަށް ވެ އެވެ.

ހައްޔަރުކޮށްފައިވާ ހަތް މީހުންނަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލައާ ގުޅުން ހުރި ބައެއްތޯ ނުވަތަ ނޫންތޯ ބަލަމުންދާ ކަަމަށް ފުލުހުން ބުނެ އެވެ. ރައީސް ނަޝީދަށް ހަމަލައަށް ފަހު މާލެ ސަރަހައްދު ބެލެހެއްޓުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެއާޕޯޓް ސިކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ސިފައިންދަަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް