ads
ބޭންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް--- ފޮޓޯ: ސީއެންއެމް
ހަފްތާގެ ތިން ދުވަހު ބީއެމްއެލް ހުޅުވިފައި ހުންނާނެ
މާދަމާއިން ފެށިގެން ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވިފައި ހުންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ބީއެމްއެލް ހުޅުވާ ދުވަސްތައް މަދުކޮށް، ހަމައެކަނި ހޯމައާއި ބުދަ ދުވަހު ހުޅުވާގޮތަށް އެ ކުންފުނިން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ހަމަޖައްސާފައެވެ.

ނަމަވެސް ހަފްތާއަކު ތިން ދުވަހު ހިދުމަތް ދޭ ގޮތައް ބަދަލުކޮށް ބީއެމްއެލް އިން މިއަދު ބުނެފައިވަނީ މާދަމާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 09:30 އިން 12:00 އަށް އެ ކުންފުނީގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެޕޮއިންޓަމަންޓު ނަގައިގެން ހޯދަންޖެހޭ ހިދުމަތްތަކަށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓު ނެގޭނެ ކަމަށާއި އޮންލައިންކޮށް ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ބީއެމްއެލް އަށް ޒިޔާރާތްކުރުމުގެ ކުރިން "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭނެ ކަމަށެވެ.

ކޮވިޑުގެ ކޭސްތައް ގިނަވަމުން އަންނާތީ ވީހާވެސް ގިނައިން އޮންލައިންކޮށް ސާވިސްތައް ހޯދުމަށް ބީއެމްއެލް އިން ވަނީ ބާރުއަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް