ads
ނިޒާމް (ޓައީ އަޅައިގެން) ކުރީގެ ދެ ފަނޑިޔާރުންނާ އެކު
ހައިކޯޓުން ކަނޑާލި ނިޒާމުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އަޚްލާގީ މައްސަލައެއްގައި ހައިކޯޓުން ވަކިކުރި ހައިކޯޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ނިޒާމަށް އަލުން އަނބުރާ ވަޒީފާދޭން ހުކުމް ނުކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި މައްސަލަ ހައިކޯޓުން ބަލައިގަތް ކަމެއް ސާފެއް ނުވެއެވެ.

ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް، ދެހާސް ނަވާރަވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ކަނޑާލީ، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ސިޔާސީ ގިނަ ޕޯސްޓްތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޭއަދަބީ ޕޯސްޓްތަކެއް ކޮށްފައިވާތީ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަހުގީގުކުރުމަށް ފަހުއެވެ.

ނިޒާމް ހައިކޯޓުން ކަނޑާލުމުން އޭނާވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދައުވާގައި އޭނާވަނީ އަލުން ވަޒީފާ ދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލާއި އެކު ޖުމްލަ މިލިއަނެއްހާ ރުފިޔާ ދައުލަތުން ނަގައިދިނުމަށް އެދިފައެވެ. އެހެންނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މައްސަލައިގައި ނިޒާމް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ނިންމާފައިވާ އެ މައްސަލަ ނިޒާމުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މި މައްސަލަ ތަހުގީގުގައި ނިޒާމު ބުނެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެކަން އެއްވެސް ފަރާތަކަށް އޭނާ ހުށަހަޅާފައި ނުވާނެ ކަމަށް ނިޒާމު ބުނެފައިވެއެވެ.  

ނިޒާމަކީ، ހައިކޯޓުގެ ކުރީގެ ދެ އިސްފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އަދި ޝުޖާއު އުސްމާނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ނިޒާމް މިހާރު އަންނަނީ އެ ދެ ފަނޑިޔާރުންނާއި އެކު ލޯފާމެއް ހަދައިގެން އެ ލޯ ފާމުގައި މަސައްކަތް ކުރަމުންނެވެ. ހައިކޯޓުގެ އިދާރީ އިސް މަގާމަކަށް ނިޒާމް އައްޔަންކޮށްފައިވަނީ އެންމެ ރިޔާސީ އިންތިހާބުގެ ފަހުންނެވެ. ރިޔާސީ އިންތިހާބުގައި ނިޒާމް އުޅުނީ ރައީސް ޔާމީނަށް ކެމްޕޭނު ކުރުމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް