ads
އަލީ ނިޒާރު ޖަލްސާއެއްްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އައްޑޫލައިވް
ދީނީ ހަރުކަށިވުން ނައްތާލުމަށް މަސައްކަތް ކުރާނަން: ނިޒާރު
އައްޑޫސިޓީން ދީނީ ހަރުކަށިވުން ނައްތާލެއްވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް އައްޑޫސިޓީގެ އިންތިހާބީ މޭޔާރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު މިއަދު ހައްޔަރުކޮށްފަވެއެވެ.

މިކަމާއި ގުޅިގެން "ސީއެންއެމްއަށް" އަށް ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ އެމަނިކުފާނުގެ މޭޔާރު ކަމުގައި އައްޑޫސިޓީއަކީ، އެ ސިޓީގެ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ކަމާއި ގުޅޭ ދާއިރާތަކާއި ގުޅިގެން ކުރައްވާނެ ކަމަށެވެ.

"އެކަން ހުއްޓުވަން މަސައްކަތް ކުރާނަން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެ ސިޓީގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމުގެ އަޑުތަކެއް އިވެމުން އަންނަ ކަމަށެވެ.  އެފަދަ މާނަތައް ދޭހަވާ ލިޔުންތައް އިމާރާތްތަކުގެ ފާރުން ފެންނަމުން އަންނަ ކަމަށާއި، މިސްކިތްތަކުގައި ހުންނަ ލިޔެކިޔުންތަކުގައި ހުންނަ ދައުލަތުގެ ނިޝާންތައް ކަނޑާލުން ފަދަ ހާދިސާތައް ހިގަމުން އަންނަ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި، ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަައްޔަރުކުރި އެންމެނަކީވެސް ދިވެހިން ނެވެ. އަދި މި ހަތް މީހުންނަކީ ވެސް އެ ސިޓީގައި ހަރުކަށި ފިކުރު ފަތުރައި، އެކަމުގެ ތެރޭގައި އުޅުނު ބައެއްކަމަށް ވެ އެވެ.

ހައްޔަރުކޮށްފައިވާ ހަތް މީހުންނަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލައާ ގުޅުން ހުރި ބައެއްތޯ ނުވަތަ ނޫންތޯ ބަލަމުންދާ ކަަމަށް ފުލުހުން ބުނެ އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު،  މާލެ ސަރަހައްދުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެއާޕޯޓް ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ސިފައިންދަަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް