ads
ކަޕިލް ޝޯޯއިން ފެނިގެންދިޔަ ސުމޯނާ
ކަޕިލް ޝޯއިން ފެނުން ސުމޯނާ މިހާރު އުޅެނީ ވަޒީފާއެއް ނެތި
މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" އިން ގިނަ ބައެއްގެ މަގްބޫލްކަންް ހޯދި ސުމޯނާާ ޗަކްރަވަތީ ވަޒީފާއެއް ނެތި އުޅޭކަން ހާމަކޮށްފިއެވެ.

ދާދި ފަހުން ސުމޯނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު އޭނާ ވަޒީފާއެއް ނެތި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އޭނާގެ އިހުސާސް ބަންޑުން ކުރަމުންް ސުމޯނާ ބުނީ ލޮކްޑައުންގެ ސަބަބުން އޭނާ ނަފްސާނީ ގޮތުން ވަަރަށް ބަލިކަށިވެފައިވާކަމަށެވެ.  

އޭގެ އިތުރުން ސްޓޭޖް 4 ގެ އެންޑިއޯމެޓްރޯސިސް ވެސް ހުންނަ ކަން ސުމޯނާ ވަނީ ފުރަތަމަ ފަހަރަށް ހިއްސާކޮށްފައެވެ. އަދި އޭނާ މިހާރު އުޅެނީ ވަރަށް ދަތި ނިކަމެތި ހާާލެއްގައިވެސް ސުމޯނާ ބުނެއެވެ.

ސުމޯނާ ބުނީ އެންމެންގެ ދިރިއުޅުމުގައިވެސް އަމިއްލަ މައްސަލަ ހުންނާނެ ކަމަށެވެ. ނަމަވެސް އެކަކު އަނެކަކަށް ލޯތްބާ އަޅާލުންދީ އުޅުމުން ހުރިހާ ކަމަކުންވެސް އަރައިގަނެވޭނެ ކަަމަށް ސުމޯނާ ބުނެއެވެ. 

ސުމޯނާ ވަނީ އޭނާ އަކީ ޓީވީ އެކްޓަރަކަށް ވުމުން ބޮޑެތި ފިލްމުތަކުން އޭނާއަށް ފުރުސަތު ނުދޭ ކަމަށް ބުނެފައެވެ. 

އަދި ކުދި ޓީވީ ޝޯތަކުގައި މަސައްކަތްކޮށްފައިވާ މީހުންނާ ދޭޭތެރޭ ތަފާތުކުރުންތަކެއް ފިލްމު އިންޑަސްޓްރީން ގެންގުޅޭކަމަށްވެސްް ސުމޯނާ ބުނެއެވެ.

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް