ads
އެލްްނެނި
ލަވާޒާ ގްރޫޕުން ފަލަސްތީނާާއި ދެކޮޅަށް ތެދުވެއްޖެ
އާސިނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފަލަސްތީނާއެކު ހުރިކަން ހާމަކުރުމުން އެ ކްލަބްގެ ސްޕޮންްސާއެއް ކަމުގައިވާ ލަވާޒާ ގްރޫޕުން އެ ކްލަބްގައި ޝަކުވާ ކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ގެއަށް ބޮން އަޅައި އެމީހުން ގެއިން ނެރެމުންދާ ދަނޑިވަޅެއްގައި އާސިނަލް މިޑްފީލްޑަރު ވަނީ ފަލަސްތީނާއެކު ހުރިކަން ހާމަކޮށްފައެވެ. 

އެކަމާ ނުރުހުން ފާޅުކުރަމުން ލަވާޒާ ބްރޭންޑްގެ ކޮފީ އުފައްދާ ކުންފުނިން ވަނީ ކްލަބާއެކު މަޝްވަރާއަކަށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ.

ލަވާޒާ ގްރޫޕުން ބުނީ އެލްނެނީގެ ޕޯސްޓަކީ އެ ކުންފުނީގެ ޕޮލިސީތަކާ ހިލާފް އަދި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ޕޯސްޓެއް ކަމަށެވެ. އަދި އެފަދަ ގޮތަށް ގޮތަކަށް ޔަހޫދީންނާއި ދެކޮޅަށް ވާހަކަަދެއްކުން ބަލައި ނުގަނެވޭނެ ކަމަށް ލަވާޒާ ގްރޫޕުން ބުނެއެވެ.

އާސިނަލް އިން ވަނީ އެލްނެނީ އާއި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނުކަން ކަށަވަރު ކޮށްދީފައެވެ. އާސިނަލް އިން ބުނީ އެލްނެނީއަށް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާާ ޕްލެޓްފޯމްގައި އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންްނާނެ ކަމަށެވެ.  

އެލްނެނީގެ އިތުރުން ލިވާޕޫލްގެ ތަރި މުހައްމަދު ސަލާހް ވެސް ވަނީ ފަލަސްތީނުގެ ދިފާއުގައި ތެދުވެފައެވެެ. ސަލާހް ވަނީ އިޒްރޭލުންދޭ ހަމަލާތައް ހުއްޓުވެން ހުރި ހުރިހާ ކަމެއް ކުރުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައިރިން އެދިފައެވެ. 

މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވެސް ވަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކާފައެވެެ.

84%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް