ads
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް- ފޮޓޯ: ސީއެންއެމް
އިންތިހާބީ އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާކޮށް ނިމޭނެ: ޝަރީފް
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ދޭން ޖެހޭ އެލަވަންސް، މި ހަފްތާގެ ނިޔަލަށް ޖަމާކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އީސީގެ ރައީސް މިހެން ވިދާޅުވީ، އާއްމު ފަރާތުން ޓްވިޓީގާއި އެލަވަންސާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަައި ކުރެއްވި ޓްވީޓެއްގައެވެ. ޝަރީފުގެ ޓްވީޓުގައި އޭނާ ވިދާޅުވީ މިހާތަނަށް 2300 އަށް ވުރެ ގިނަ އިންތިހާބީ އޮފިޝަލުންގެ އެލެވަންސް ޖަމާކޮށް ނިމިފައިވާ ކަމަށެވެ. އަދި އެލެވެންސް ޖަމާނުކުރެވި ތިބި އޮފިޝަލުންގެ އެލެވަންސް ވެސް މި ހަފްތާގައި ޖަމާ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

ކޮވިޑު19 ގެ ހާލަތުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުން ހޯދުމަށް އީސީއަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑް ގައިޑްލައިންތަކާއި ގުޅިގެން ބައެއް ވޯޓުލާ މަރުކަޒުތަކަށް ކަނޑައަޅާފައި ތިބި އޮފިޝަލުން ކަރަންޓީން ވާން ޖެހުން ފަދަ ހާލަތައް މެދުވެރިވެ، އީސީއަށް ބައެއް ރަށްރަށުގެ ވޯޓުލުން ލަސް ކުރަން ވެސް ޖެހުނެވެ. 

 އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް