ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ރާއްޖެއަށް މިމަހުގެ މިހާތަނަށް 38،630 ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ މެއި މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް 38،630 ފަތުރުވެރިން ޒިޔާރަތްކޮށް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ މިމަހު އެކަކުން ފެށިގެން އިއްޔެގެ ނިޔަލަށް މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ގޮތުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކޮށްފައެވެ.

އެގޮތުން އިއްޔެ ރާއްޖެއަށް 2،766 ފަތުރުވެރިއަކު ޒިޔާރަތް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އިއްޔެއާއި ނިޔަލަށް މިމަހު 38،630 ފަތުރުވެރިއެއް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 428،400 ފަތުރުވެރިއެއް ކަމަށް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. 

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު އޭޕްރީލް، މެއި އަދި ޖޫން މަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ހުރި އިރު، 2019ގައި މެއި މަހުގެ ފުރަތަމަ 15 ދުވަހު 54،401 ފަތުރުވެރިއެއް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ވެފައިވާއިރު، މިމަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާ އިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އޭގެ ފަހުން މި ލިސްޓުގައި ހިމެނެނީ ޔޫކްރެއިން އަދި ޖަރުމަނު ވިލާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް