ads
ބައެއް އަރަބި ގައުމުތަކުގެ ވެރިން ފޮޓޯ:---
އިސްލާމީ ގައުމުތަކުގެ ވެރިންގެ ރަހުމެއް ނެތީތަ!؟
ރަމްޟާން މަހުގެ ފަހު ދިހަ ގުނަމުން އަންނަނިކޮށް އިސްރާއިލްގެ ހަރުކަަށި ސިފައިން ފަލަސްތީނުގަ ހުންނަ އަލް އަގްސާ މިސްކިތަށް ހަތިޔާރާއެކު ވަދެ އެތަނަށް ކަރުނަ ގޭސް ޖަހާ ގިނަ އަދަދެއްގެ މުސްލިމުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ސިފައިން ފަލަސްތީނުގެ ނިކަމެތިން އެއްވެސް ރަހުމަތްނެތި މަރާ، އެމީހުންގެ މުދާތައް ފޭރި، އިމާރާތްތައް ބިމާ ހަމަކުރަމުންދާއިރު އެކަމާއި ދެކޮޅަށް އެއްޗެއް ބުނެލި، އިސްލާމީ ދައުލަތެއް ވެސް މަދެވެ. ފަލަސްތީނުގެ މުސްލިމުންގެ ރުއިމުގެ އަޑުން އިސްލާމީ ގައުމުތަކުގެ ވެރިންގެ ހިތަށް ހަމަ އަސަރެއް ނުކުރަނީ ބާއެވެ.؟ ނުވަތަ ފައިސާގެ ބާރުން އަހުވަންތަކަމާއި އިންސާނިއްޔަތުކަމުގެ މައްޗަށް އަތްގަދަ ކުރީ ބާއެވެ؟

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އިސްރާއީލުގެ މި އަމަލު ކުއްވެރި ކުރަމުން ގެންދާއިރުގައި އިސްލާމީ ގައުމުތަކުގެ ވެރިން ތިބީ ހައްޕު ކިޔައިގެން ނެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ އާރާއި ބާރުގަދަ، އަދި އެގައުމެއްގައި މުސްލިމުންގެ ގިބްލަ ހުރި، ސައުދީ އަރަބިއްޔާއިން ވެސް މިކަމަށް ދެމުން ދަނީ ބީރު ކަންފަތެކެވެ. މި ލޭއޮހުރުންތަކަށް އެތައް ދުވަސްތަކެއް ވެގެންދިއައިރު ވެސް ސައުދީ ސަރުކާރު ވެސް އޮތީ ކުޅިބަލަންށެވެ. އެންމެ ކުޑަމިނުން ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުނީ ވެސް މިއަދު އެވެ. 

އިސްލާމީ ދައުލަތްތަކުގެ ތެރެއިން އެންމެ ފާހަނގަކޮށްލެވޭ، ޔޫ.އޭ.އީގެ ހާލަތަކީ ވެސް ހަމަ މިއެވެ. އެގައުމަށް ވެސް އެކި ދިމަދިމާލުން ކުރިމަތިވެދޭނެ ފިއްތުންތަކުގެ ބިރަށް މިކަމުގައި ހަމަ އެއްޗެއް ބުނެލަން ވެސް ނުކެރުނީ އެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާއަކީ އާއްމު ގޮތެއްގައި އެކި މުނާސަބާތަކުގައި އާއި ހިތާމަވެރި ހާދިސާތަކާ ގުޅިގެން އެކިކަމުގުތަކާއި އެކު ޔޫއޭއީ އޮތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން އެގައުމުން ބޭނުން ކުރާ އެއް ނިޝާނެވެ. ދުނިޔޭގެ އެތައް ސަތޭކަ ގައުމެއްގެ ދިދައިން ބުރުޖް ހަލީފާ ދިއްލާލާފައިވާ، ޔޫއޭއީއަށް މިފަހަރު މި ހާދިސާއާ ގުޅިގެން އެ އިމާރާތް، ފަލަސްތީނުގެ ދިދަ ރަމްޒުވާހެން ދިއްލާލަން ވެސް ނުކެރުނީ އެވެ.  

މި ރަހުމް ކުޑަ އަމަލުތަކާ ދެކޮޅަށް މިއަދު އިސްލާމީ ގައުމުތަކުން ނިކުންނަން ޖެހެ އެވެ. މި އުންމަތުގެ ހުރިހާ މުސްލިމުންނަކީ އަހުންނާއި އުހުތުން ކަމުގައި ވާއިރު އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އެންމެ އަތުގުޅާލައޮގެން ނިކުންނަން އެބް ޖެހެ އެވެ.

އިސްރާއީލް އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ މުސްލިމުންގެ ތިންވަނަ އަށް އެންމެ މާތް މުގައްދިސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ވަދެ އެތާ ތިބި މީހުންނަށް އެކި ވަރުގެ ގެއްލުން ދެމުން އަންނައިރު އިސްރާއިލުން އަންނަނީ ފަލަސްތީނުގެ އަވަށެއް ކަމުގައިވާ ޝޭހް ޖައްރާހްގައި ދިރިއުޅޭ ފަލަސްތީނު މީހުން އެމީހުންގެ ގެތަކުން ނެރެ ގަދަބާރުން ގެތަކަށް ވެރިވެ ގަންނަމުންނެވެ.

އިސްރާއީލުގެ މި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، މުސްލިމުންގެ ބިން ހިމާޔަތް ކުރެވޭނީ، މުސްލިމު އުއްމަތް އެކަތިގަނޑަކަށް ވެގެންނެވެ. ފައިސާގެ ނުފޫޒާއި ބާރުން އެއްކިބާވެ، އަހުވަންތަކަމުގެ ލޯބިން ހިތްތައް ބަދަހިކޮށްގެންނެވެ. 

8%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް