ޝަފީނާ———
ހަޔަ އެޑިޔުކޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުކަމުން ޑރ. ޝަފީނާ އިސްތިއުފާ ދެއްވައިފި
Share
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު ޝަފީނާ އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ސޯސިއޮލޮޖީގެ ދާއިރާއިން ފީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. ޝަފިނާ އިސްތިއުފާ ދެއްވާފައިވާކަން ސީއެންއެމްއަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނެއް އޮތުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި މި ނިޒާމު މިއަށްވުރެ ހަރުދަނާވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

" މަތީ ތައުލީމުގެ ނިޒާމު ވަރުގަދަ ކުރެއްވުމަށް ކުރެއްވި މަސައްކަތަކީ ވަރަށް ޝައުގުވެރިކަމާއެކު ކުރެއްވި މަސައްކަތެއް. އެދުވަހު އެކުރެއްވި މަސައްކަތަކީ ފެށުމެއް. އެ ހުވަފެން ހަގީގަތަކަށް ހެދުމުގައި ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވަން،" މަތީ ތައުލީމުގެ ގާނޫނަށް އިޝާރާތް ކުރައްވާ ޑރ. ޝަފިނާ ވިދާޅުވިއެވެ

ޑރ. ޝަފިނާ އިތުރަށް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ބިލެއް އޮތުމަކީ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ހަމައެހެންމެ، ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަކީ އެއްމެންނަށް ބައިވެރިވޭ، ހަމަހަމަ އަދި ޑައިވަސިޓީއަށް ފުރުސަތު އޮންނަގޮތަށް ހެދޭ ގަވާއިދުތަކަށްވާން ޖެހޭނެ ކަމަށެވެ. އެ ގަވާއިދުތައް އިންސާފުވެރިކަމާ އެކު ތަންފީޒުކުރުމަކީ އެއްމެ މުހިއްމުކަމެއް ދޭންޖެހޭކަމެއްކަމަށް ޑރ. ޝަފިނާ ވިދާޅުވިއެވެ

މިއަދު މަގާމުން އިސްތިއުފާ ދެއްވިކަމުގައި ވީނަމަވެސް މިނިސްޓްރީއަށް ކުރިއެރުމާއި ކާމިޔާބީއަށް އެދޭކަމަށް ޑރ.ޝަފިނާ ވިދާޅުވި އެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާދެއްވި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ.

ޑރ. ޝަފިނާ ވަނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސާކް ސެކެޓޭރިއެޓްގައިވެސް މަސައްކަތްކުރައްވާފައެވެ.

ބާރަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު އިޖްތިމާއީ އެކި ދާއިރާތަކުން، ހާއްސަކޮށް ތައުލީމާއި ތަމްރީނުގެ ދާއިރާއިން ހިދުމަތްކޮށް ދެއްވާފައިވާ، ޑރ. ޝަފިނާ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރުގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، އިއްޔެވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު ރައީސް ސޯލިހް ތަސްދީގު ކުރައްވާފައެވެ. އެ ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 28 ވި ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށް ދޭ މަރުކަޒުތަކުން ދޭ ހިދުމަތްތައް ކުރިއެރުވުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތައުލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާގުޅޭ އެނޫން ވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

އެގާނޫނުގެ މައިގަނޑު މަގްސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، ރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުމާއި، އެ ހިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތްތަކަކަށް ހެދުން ވެސް އެގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެގާނޫނުގެ ސަބަބުން ރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް