ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ރާއްޖެއިން ކޮވިޑްޖެހިގެން 56އަހަރުގެ މީހަކު މަރުވެ، މަރުވިމީހުންގެ އަދަދު 100އަށް
ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ 56 އަހަރުގެ މީހަކު މަރުވެެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 56 އަހަރުގެ އަންހެނަކު މިއަދު ފަތިހު 04:41 ގައި މަރުވެފައިވާ ކަމަށެެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. އަދި މިހާތަނަށް ބަލީގައި މަރުވި 100ވަނަ މީހާއެވެ.

ރޭ ދަންވަރު 00:14ގައިވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ފިރިހެނަކު މަރުވެފައެވެ. އެމީހާގެ އުމުރަކީ 64 އަހަރެވެ.

އިއްޔެ އެކަނިވެސް ކޮވިޑަށް ފަރުވާދެމުންދިޔަ ހަތަރު މީހަކުވަނީ މަރުވެފަައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ހޮސްޕިޓަލުގައި 262 މީހުންނަށް ދަނީ ފަރުވާދެމުންނެެވެ. އޭގެތެރެއިން ގިނަ ބަޔަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް