ads
މަޖިލީހުގެ ރައީސް ނަޝީދު-----
ހަމަލާއަށްފަހު ފެށުނު ފުރަތަމަ މަޖިލީހުގައި ނަޝީދުގެ ހާއްސަ މެސެޖެއް
މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށްފަހު މިއަދު ބާއްވާ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ނަޝީދުގެ ހާއްސަ މެސެޖެއް އިއްވައިފި އެވެ

މިމެސެޖު މަޖިލީހުގައި އިއްވާދެއްވީ އަމީންއާންމްއެވެ. 

އެ މެސެޖުގަައި ބުނެފައިވަނީ މަޖިލީހުގެ މިދައުރުގެ ޖަލްސާ ފެށިގެން ދަނީ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލާއެއް އެމަނިކުފާނަށް އަމާޒުކޮށް ދެވިފައިވަނިކޮށް ކަމަށެވެ.

އަދި އެ ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް މަޖިލީހުގެ ޒިންމާތަށް އަދާކުރެއްވުމަށް ހީވާގި ކަމާއިއެކު އިއްޒަތްތެރި މެންބަރުން މަސައްކަތްކުރައްވާނެ ކަމާއިމެދު ޝައްކުނުކުރާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދުވަނީ މަޖިލީހުގެ މަސައްކަތްތަކުގައި ވަރަށް އަވަހަށް ބައިވެރިވާނެކަންވެސް ހާމަކުރައްވާފައެވެ.

“ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑު ބައްދަލުކުރާނަން. މާތްﷲ ހެޔޮ ރަހުމަތްފުޅާއެކު ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުގެ މަސްސޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއިއެކު ދެމިހުންނާނަން”ރައީސް ނަޝީދުގެ ހާއްސަ މެސެޖުގައި ވެއެވެ.


މަޖިލީހުގެ މިދައުރުގެ މަސައްކަތްތައް ފެށުނުއިރު ރައީސް ނަޝީދު ހުންނެވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާހޯދެއްވުމަށް ޖަރުމަނުގައެވެ.

ފަރުވާއަށްފަހު ވަރަށް އަވަހަށް މަޖިލީހުގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާނެކަން ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވިއިރު، އެމަނިކުފާނު ރިޔާސަތާއި ހަވާލުވަންދެން މަޖިލީހުގެ ރިޔާސަތު ބައްލަވަމުން ގެންދަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް