ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް އަންނަ މަހު ލުއި ދެނީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުން އަން ފިޔަވަޅުތަކުގެ ދަށުން ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދޫކުރުން ހުއްޓާލާފައި އޮތް އޮތުމަށް ލުއިދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ވަކިގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން މަނާކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އަދި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން މިނިސްޓްރީން މެދުކަނޑާލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ބުނީ އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތް އޮތުން މި މަހުގެ ފަހުކޮޅު ރިވިއުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ޖޫން މަހުގެ ކުރީ ކޮޅު އޭޝިއާގެ ފަތުރުވެރިންނަށް ލުއިތައް ދެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮވިޑް 19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. 

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށްވެސް މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް