ads
ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ފަހު ވަގުތު ކީޕަރު ޖެހި ލަނޑުން ލިވަޕޫލަށް އުއްމީދު
މެޗުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭ، ގޯލް ކީޕަރު އެލިސަން ބެކާ ޖެހި ލަނޑުން، ވެސްޓް ބްރޮމް ބަލިކޮށް، ގަދަ ހަތަރެއްގެ އުއްމީދު ލިވަޕޫލުން ދަމަހައްޓައިފިއެވެ. ވެސްޓް ބްރޮމްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ދޭއް އެކަކުންނެވެ.

އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ލިވަޕޫލުގެ މައްޗަށް ފުރަތަމަ ކުރި ހޯދީ މެޗުގެ ކުރީކޮޅު ވެސްޓް ބްރޮމްއިންނެވެ. ރެލިގޭޓްވެފައި އޮތް ވެސްޓް ބްރޮމްގެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަލް ރޮބްސަން-ކާނޫ އެވެ. މެޗުގެ ނަތީޖާ ފުރަތަމަ ހާފުގެ ތެރޭގައި ލިވަޕޫލުން އެއްވަރު ކުރީ ސަލާހުގެ ލަނޑަކުންނެވެ. މި ނަތީޖާއާ އެކު މެޗު ނިމެން ދަނިކޮށް، ފަހު ވަގުތު ލިބުނު ކޯނަރެއްގައި އިސްކޮޅުން ދިގު ގޯލް ކީޕަރު ކުރިއަށް އަރައި ބޮލުން ވައްދާލި ލަނޑާ އެކު ލިވަޕޫލަށް ކުރި ލިބުނީއެވެ.

މެޗުގެ އެންމެ ފަހު ވަގުތު ގޯލް ކީޕަރު ކުރިއަށް އަރައި ބޮލުން ވައްދާލި ލަނޑާ އެކު ޑިފެންޑިންގް ޗެމްޕިއަން ލިވަޕޫލްވަނީ ޓޭބަލްގެ ގަދަ ހަތަރަކާ ޕޮއިންޓަކަށް ކައިރިވެފައެވެ. މި ވަގުތު ފަސްވަނައިގަ ލިވަޕޫލް އޮތީ  36 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލްގެ ކުރީގައި ޗެލްސީ އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެ، ފަސް ދޮޅަސް ހަތަރު ޕޮއިންޓާ އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް