ads
މަސްޖިދުލް ނަބަވީއަށް ބޮން އަޅާ މަންޒަރު އިންޑިއާ ޗެެނަލަކުން ދެއްކުމުން މުސްލިމުން ރަތަށް
އިންޑިއާގެ ނޫސް ޗެނަލް އަކުން މަދީނާގައި ހުންނަ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިސްކިތް މަސްޖިދުއްނަބަވީ އަށް ބޮން އަޅާ މަންޒަރު ދެއްކުމުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ގިނަ އަދަދެއްގެ މުސްލިމުން ރުޅިގަދަވެ ނުރުހުން ފާޅުކޮށްފިއެވެ.

އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދޫން ހިންގާ ނޫސް ޗެނަލެއް ކަމަށްވާ ސުދަރްޝަން ނޫސްގެ ޕްރޮގްރާމެއްގައި މަސްޖިދުއް ނަބަވީއަށް މިސައިލް ހަމަލާ ދޭ މަންޒަރު ފެނެއެވެ.

އިޒްރޭލަށް ތާއީދުކުރާ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ދިޔަ ބަހުސެއްގެ ވީޑިއޯ ކަޓް ކުރާ ކޮންމެ ފަހަރަކު (ޓްރާންސިޝަން) އަކަށް މަސްޖިދުއް ނަބަވީއަށް ހަމަލާދޭ މަންޒަރު ދައްކައެވެ.

އެޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޕްރެޒެންޓަރު ސުރޭޝް ޗޯހާން ވަނީ އިޒްރޭލަކީ އިންޑިއާގެ ގާތް އެކުވެރި ގައުމެއް ކަމަށާއި، އިޒްރޭލުގެ ހައްގުގައި އިންޑިއާ ތެދުވާން ޖެހޭ ކަމަށް ބުނެފައެވެ. އަދި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިންް ނަތަންޔާހޫއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކޮށް މިވަގުތު އިިންޑިއާ ހަނުއޮތުމުން ލަދު ގަންނަންޖެހޭ ކަމަށް ބުނެފައިވެއެވެ. 

އަދި ހަމާސްއިން ދިން ހަމަލާއެއްގައި އިންޑިއާ މީހަކު ވެސް މަރުވެފައިވާ ކަމަށާއި ހަމާސް އަކީ އިންޑިއާގެ ދުޝްމަނެއް ކަމަށް އޭނާ ބުނެއެވެ. ހަމާސްގެ ފަރާތުންވެސްް އަދި ޕަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަންގެ ފަރާތުންވެސް މާފަށް އެދިފައިނުވާ ކަމަށް އޭނާ ބުނެއެވެ.

މި ޝޯގެ މަންޒަރުތައް ސޯޝަަލް މީޑިއާގައި އާންމުވުމުން ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން އަންނަނީ ރުޅިވެރިކަމާއެކު ނުރުހުން ފާާޅުކުރަމުންނެވެ. 

ބޮޑުވަޒީރު މޯދީ ވެރިކަމަށް އައި ފަހުން އިންޑިއާގައި ހަރުކަށި ހިންދޫންގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ،

4%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
85%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް