ads
ތާރާ
ތުއްތު ތާރާގެ ހާލު ވަރަށް ދެރަ، އާއިލާއިން އެދެނީ ދީލަތި އެހީއަކަށް
ދެމަފިރިއެއްގެ އެތަށް އުންމީދުތަކެއް ގުޅިފައިވަނީ އަލަތު ދަރިފުޅާ އެވެ. ކައިވެނީގެ ފޮނި މޭވާ އަކީ އެ ދަރިފުޅުވެ. ދެމަފިރިންގެ ލޮލުގެ ނޫރަކީ ހަމަ އެ ދަރިފުޅެވެ.

ނ. އަތޮޅު މަނަދޫ އަށް ނިސްބަތްވާ ފަތިމަތު ރިޝްފާ އާއި އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އަލީ ޖަވާދު ވެސް ދެ މީހުންގެ ކައިވެންޏައް ލިބިފައިވާ ފުރަތަމަ ދަރިފުޅު ހެޔޮ ހާލުގައި ލައްވާތޯ ދިޔައީ ދުވާކުރަމުން ނެވެ. 

އަންހެނުން ރިޝްފާ ބަލިވެއިން ހިސާބުން ވެސް ފޮނި އުންމީދުތަކެއް ކުރަމުން އައި ކަމަށް ތާރާގެ ބައްޕަ ޖަވާދު ސީއެންއެމް އަށް ކިޔާދިނެވެ.  ތާރާއަށް މާބަނޑު އިރުވެސް ދަރިފުޅު ހެލްތީ ކަމަށް ޑޮކްޓަރުން ބުނަމުން އައި ކަމަށް ޖަވާދު ބުނެއެވެ.

ތާރާ އުފަންވީ ރިޝްފާގެ ބަނޑަށް އަށް މަހުގައި ސްްރީލަންކާގައެވެ. ބަނޑުގައި އޮތް އިރު ތާރާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނަމުން އައި ނަމަވެސް އާއިލާއަށް މާޔޫސްކަމާއި މޮޅިވެރިކަން ލިބިގެން ދިޔައީ ކުޑަކުޑަ ތާރާގެ ބަލި ހާލަތު ހުރި ގޮތުންނެވެ.

ކުއްޖާ ކެޑިނޭޅި ރޮމުން ދިއުމުގެ ސަބަބުން އަވަހަށް ދެމަފިރިން ޑޮކްޓަރަށް ދިޔަ އެވެ. ލަންކާއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ބުނީ ތާރާގެ ނާރުގެ މައްސަލަ ހުންނަ ކަަމަށާއި އުފަންވި ހިސާބުން ފެށިގެން އެކުއްޖާގެ ކަނާ އަތުގައި މައްސަލަތަކެއް ހުރި ކަމަށެވެ.

ޖަވާދު ކިޔާދިން ގޮތުގައި އެތައް ތެރަޕީީ ސެޝަނެއް އަދި އެހެން ފަރުވާތައް ކޮށްގެން ތާރާގެ ކަނާއަތް ކޮންމެެވެސް މިންވަރަކަށް ރަނގަޅުވިއެވެ. އަދި ތާރާއަށް ހަ މަހުގައި އާއިލާއިން ވެސް ދިރިިއުޅުން މަނަދޫއަށް ބަދަލުކުރި ކަމަށް އޭނާ ކިޔާދިނެވެ.

ތުއްތު ތާރާއާއެކު ދެމަފަރިން އުޅެމުން ދަނިކޮށް ދާދި ފަހުން ތާރާގެ ބަލިހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށް ޖަވާދު ކިޔާދިނެވެ. ދަރިފުޅު ކުއްލިއަކަށް ހުރެފައި ފިޓް ޖެހުނީ ކަމަށް އޭނާ ބުނެ އެވެ.

ދަރިފުޅަށް ފިޓު ޖެހުމުން ރަށު ހޮސްޕިޓަލްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތުމުން އެމަޖެންސީކޮށް މާލެ ގެނައި ކަމަށާއި އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެެށިތަނާ ލިބުނީ ސިހުން ގެނުވަނިވި ހަބަރެެއް ކަމަށް ޖަވާދު ކިޔާދިނެވެ.

މާލެެ ގޮސް ޑޮކްޓަރަށް ނުދެއްކިގެން އުޅެނިކޮށް ތާރާ ވަރަށް ގަދައަށް ހުން އައުމުގެ ސަބަބުން އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކިއެވެ. ފުރަތަމަ ޑޮކްޓަރު ލަފާކުރީ ކޮވިޑް-19 ބަލީގެ ސަބަބުން ވާ ގޮތެއް ކަމަށެެވެ. ކޮވިޑަށް ޓެސްޓު ހެދި އިރު ތާރާ އެ ބައްޔަށް ނެގެޓިވްވި ކަމަށް ޖަވާދު ކިޔާދިނެވެ. އެއަށް ފަހު އިތުރު ޓެސްޓުތައް ހަދަން ފެށި ކަމަށާއި، ބެެލި ބެލުމުން ޑޮކްޓަރުންނަށް ލަފާކުރެވުނީ ތާރާއަށް ޓީބީ ބަލި ޖެހިފަ ހުރި ކަން ކަމަށް ޖަވާދު ބުންޏެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން މިހާރު ތުއްތު ތާރާ ގޮވައިގެން ދެމަފިރިން ތިބީ އިންޑިއާގައި ކަމަށް ޖަވާދު ބުނެ އެވެ. އަދި ދަރިފުޅަށް އާސަންދަ ވެސް ވަނީ ހަމަޖެހިފައި ކަމަށް ޖަވާދު ބުނި އެވެ.

ޖަވާދު ބުނި ގޮތުގައި އާސަންދަ ލިބުނު ކަމުގައި ވިޔަސް އެކޮޅުގައި ހުންނަ ދުވަސްތަކަށް ވަރަށް ގިނަ ހަރަދު ދެއެވެ. ހުންނަ ތަނުގެ ކުލި ދެއްކުމާއި ތާރާގެ ޓެސްޓު ހެދުމަށް ދެމަސް ދުވަހު އެތާގައި މަޑުކުރަން ޖެހޭ ކަމަށް ވެސް ޖަވާދު ބުނެއެވެ.

ޖަވާދު ކިޔާދިން ގޮތުގައި އެ އާއިލާއަށް ވަނީ މާލީގޮތުން ގިނަ ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ދަރިފުޅު ބަލިވެގެން މިހާރު އޭނާ ހުރީ ނޯޕޭ ލީވް ނަގައިގެން ކަމަށް ޖަވާދު ބުނެ އެވެ. އެހެންކަމުން އެއްވެސް އާމްދަނީއެއް އެ ދެމަފިރިންނަކަށް ނުލިބެ އެވެ.

މީގެ އިތުރުން ޖަވާދު އަދި ރިޝްޕާ ވެސް އެހެން ކައިވެންޏަކަށް ދެމީހުންނަށް ވެސް ދެކުދިން ލިބިފައިވުމުން އެ ކުދިންގެ ޒިންމާވެސް އުފުލަން ޖެހިފައިވަނީ މިއަދު ޖަވާދު ކަމަށް އޭނާ ބުނެ އެވެ.

އެހެންކަމުން ތުއްތު ތާރާގެ އާއިލާއިން އެދެނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

އަލީ ޖަވާދު (ވަޓްސް އެޕް):768501325 94+

ފާތިމަތު ރިޝްފާ (ވައިބާ): 7454354 960+

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7720510121101 

ބީއެމްއެލް (ޑޮލަރ) އެކައުންޓް ނަންބަރު: 7720510121001 

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

5%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް