ads
ބޮންއަޅާ ސުންނާފަތިކޮށްލި ލެބޯޓަރީ ފޮޓޯ:---
ގާޒާގައި ކޮވިޑު ޓެސްޓު ކުރެވޭ ހަމައެކަނި ލެބޯޓްރީ ހަލާލުކޮށްލައިފި
ފަލަސްތީނުގެ ގާޒާގައި މިވަގުތު ކޮވިޑު ޓެސްޓު ކުރެވެން ހުރި ހަމައެކަނި ލެބޯޓަރީއަށް އިޒްރޭލުން ބޮން އަޅާ، އެތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހިއްސީ ދާއިރާގެ ސީނިއަރ އޮފިޝަލުންނާއި ހަވާލާދެއްވާ، ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ބޮންއެޅުމުގެ ސަބަބުން ގާޒާގެ ސެންޓުރަލް ލެބޯޓަރީ ވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި މި ހަމަލާތަކުގައި އެ ސަރަހައްދުގައި ހުރި ބައެއް ކްލިނިކުތަކަށާއި އޮފީސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި 2000 އަހަރުން ފެށިގެން އިން ފެށިގެން 2021 ގެ ނިޔަލަށް އިސްރާއީލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް ފަލަސްތީނުގެ 3090 ކުޑަކުދިން މަރުވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ހުއްޓާނުލާ ފަލަސްތީނުގެ ގައްޒާއަށް ބޮން އަޅާ ވައިގެން މަގުން ހަމަލާތައް ދެމުންނެވެ. 

އިއްޔެ އެކަނިވެސް އިސްރާއީލުން ހަމަލާދީ ގައްޒާގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުން ގައްޒާގެ ޕަވާ ލައިން ތަކަށް ހަމަލާ ދިނުމުގެ ސަބަބުން ގައްޒާގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް