ads
ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ކޮމަންޓު ސެކްޝަން ---
މަޖިލިސް ގޮއްވާލާނެ ކަމަށް އިންޒާރުދީ ކޮމެންޓެއް ކުރި މައްސަލައެއް ބަލަނީ
ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް އިންޒާރުދީ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ.

އެގޮތުން މި މައްސަލައާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މިފަދަ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް، ތަންތަނަށާއި މީހުނަށް ގެއްލުން ދޭނެ ކަމަށްބުނެ ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރު ތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލާނެ ކަަމަށް ފުލުހުން ބުނެއެވެ. އަދި މި ފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، ފިޔަވަޅު އަޅަމުން ގެންނާނެ ކަމަށް ފުލުހުން ބުނެއެވެ. 

މީގެ ކުރިންވެސް ފުލުހުން ވަނީ، ޓެރަރިޒަމަށް ހިތްވަރުދީ، ހަމަލާގެ ބައިވެރިންނަށް ހަމްދަރުދީ ފާޅުކޮށް އެކި ކޮމެންޓުކުރާ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހު ހައެއްގައި ދިން ޓެރަރިޒަމް ހަމަލާއާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ކާކުކަން އެނގޭގޮތަށް ހުރި އެކައުންޓުތަކާއި ކާކުކަން ނޭނގޭ (އެނޯނިމަސް) އެކައުންޓުތަކުން ކޮށްފައި ހުރި ޓެރަރިޒަމާ ގުޅޭ ކޮމަންޓުތަކުގެ މައުލޫމާތު ނަގާ، އެކަން ކޮށްފައިވަނީ ކޮންބައެއްތޯ ބަލާ އެމައުލޫމާތުތައް އާކައިވް ކުރަމުން އަންނަކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް