ads
ރައްޔިތުންގެ މަޖިލިސް --
އިންޒާރެއްގެ މައުލޫމާތާއެކު މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
ރައްޔިތުންގެ މަޖިލީހަށް "ތްރެޓެއް" އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި އިންޒާރުގެ މައުލޫމާތާއެކު، މަޖިލިސް އިމާރާތުގެ އިތުރުން، މަޖިލިސް ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

މިވަގުތުގެ ހާލަތަށް ބެލުމަށްފަހު، ސެކިއުރިޓީގެ ކަންކަން ދަމަހައްޓަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

އެމްއެންޑީއެފުން މިފަދައިން މައުލޫމާތު ދީފައިވާއިރު، މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ. 

އެގޮތުން މި މައްސަލައާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް، ތަންތަނަށާއި މީހުނަށް ގެއްލުން ދޭނެ ކަމަށްބުނެ ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރު ތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލާ، ފިޔަވަޅު އަޅަމުން ގެން ދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހު ހަވަނަ ދުވަހު ވަނީ، ޓެރަރިޒަމްގެ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އެމަނިކުފާނަށް ލިބިލެއްވި ހަމަލާތަކަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު، އެމަނިކުފާނު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް