ads
ދިވެހިންގެ އެހީގައި ހޮސްޕިޓަލަށް ވަނީ ކަރަންޓު ދެވިފައި ފޮޓޯ:-- އައިއޭސީ
ދިވެހީންގެ އެހީގައި ފަލަސްތީނު ހޮސްޕިޓަލަކަށް ކަރަންޓުދީފި
ދިވެހީންގެ އެހީގައި ފަލަސްތީނުގެ އަލްޝިފާ ހޮސްޕިޓަލަށް ކަރަންޓު ދީފިއެވެ.

މިއެހީއަކީ އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ކަރަންޓު ލިބުމަށް ދަތިތަކެއް ކުރިމަތިވަމުން ދާތީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ދިވެހީންގެ އެހީގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ވެފައިވާ އެހީއެކެވެ. 

އެހީގެ ގޮތުގައި 2،547 ލީޓަރުގެ ތެޔޮ އަލްޝިފާ ހޮސްޕިޓަލަސް ވަނީ ހަދިޔާ ކޮށްފައެވެ.

 

މިއެހީގެ ސަބަބުން ފަލަސްތީނުގައި ކަރަންޓު ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ. 

ފަލަސްތީނުގެ ސިއްހީ ދާއިރާގެ ސީނިއާ އޮފިޝަލުންނާއި ހަވާލާދެއްވާ، ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ބޮންއެޅުމުގެ ސަބަބުން ގާޒާގެ ސެންޓުރަލް ލެބޯޓަރީ ވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި މި ހަމަލާތަކުގައި އެ ސަރަހައްދުގައި ހުރި ބައެއް ކްލިނިކުތަކަށާއި އޮފީސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް