ads
ކޮވިޑް 19 ޖެހުނު މީހަކު ވަޅުލަނީ!
ރާއްޖޭގައި ކޮވިޑް ބަލީގައި 105 ވަނަ މީހާ މަރުވެއްޖެ
ރާއްޖޭގައި ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ގޮތުގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން އައި މީހަކު މިރޭ 08:42 ގައި މަރުވެފައިވެއެވެ.

މަރުވެފައިވަނީ 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއީ މިބަލީގައި ރާއްޖޭގައި މަރުވި 105 ވަނަ މީހާއެވެ. 

އިއްޔެ މި ބަލީގައި ރާއްޖޭގައި އިތުރު ހަތަރު މީހަކު މަރުވެފައިވެއެވެ. މި އަންހެން މީހާއާއެކު މިމަހު މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފައެވެ. އަދި މިއީ މިއަދު ކޮވިޑް ބަލީގައި މަރުވި ދެވަނަ މީހާ އެވެ.

މިއަދު 12:10 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 73 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް